ޚަބަރު

ބައްދަލުވުުމުގައި އިންތި ކުރެހި ކުރެހުން ދައްކާލައިފި، ވަރަށްވެސް ހިތްގައިމު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އެމްޑީޕީން އިއްޔެ ބޭއްވި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުމުގައި ގިނަ ބައެއްގެ ސަމާލުކަން ދަމައިގަތީ މާފަންނު އުތުރު ދާއިރާގެ އިއްޒަތްތެރި މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) އެވެ.

Ads by MWSC

ގިނަ ބައެއްގެ ލޮލުގައި އިންތި އަޅައިގަތީ ސަބަބެއް ނެތިއެއް ވެސް ނޫނެވެ. އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މި ބައްދަލުވުމުގައި އިންތި އިނީ ކުރަހާށެވެ. ބައްދަލުވުން ކުރިއަށް ދިޔައިރުވެސް އިންތި އޭނާގެ ކުރިމަތީގައި އޮތް ގަނޑެއްގައި ކުރަހަން އިން މަންޒަރު ދައްކުވައިދޭ ފޮޓޯ ތަކެއް މީސްމީޑިއާގައި ވަނީ ވަރަށް ބޮޑަށް ވައިގައި ހިފާފައެވެ.

އެފަދަ ބައްދަލުވުމެއްގައި އިންތި ބައްދަލުވުމަށް މާ ބޮޑު ސަމާލުކަމެއް ނުދީ ކުރަހަން އިނުމުން ގިނަ ބައެއްގެ ފާޑުކިޔުން ވެސް އިންތިއަށް އަމާޒުވިއެވެ. ނަމަވެސް އިންތިގެ ކުރެހުމުގެ ހުނަރު ވަަރަށް ރަނގަޅު ކަން ފާހަގަކޮށް ގިނަ ބަޔަކު ވަނީ އިންތިގެ ހުނަރަށް ތައުރީފް ވެސް ކޮށްފައެވެެ،

 

މީޑިއާތަކުގެ ފަލަ ސުރުހީ އިންވެސް އިންތި ޖާގަ ހޯދީ އެެ ބައްދަލުވުމަށް ސަމާލުކަން ނުދީ ކުރަހަން އިނުމުންނެވެ. މީސްމީޑިއާގައި ދައުރުވި މި ފޮޓޯ ތަކުގައި އިންތިގެ މި ކުރެހުމުގެ މާ ބޮޑުބައެއް ނިމިފައެއް ނުވެއެވެ. ނަމަވެސް އިންތި މިއަދު މިވަނީ އޭނާގެ ކުރެހުން މުޅިން އެކުގައި ނިންމާލާ އެ ކުރެހުމުގެ ފޮޓޯއެއް އިންތިގެ ޓްވީޓާގައި ހިއްސާކޮށްފައެވެ.

އިންތި ޓްވީޓާގައި މި ފޮޓޯ ހިއްސާ ކުރުމުން ގިނަ ބަޔަކު ވަނީ އިންތިގެ ކުރެހުމުގެ ހުނަރަށް ތައުރީފް ކޮށްފައެވެ. އިންތިއަށް އައްސަރިބަހާއި ސާބަސް ގިނަ ބަޔަކު ރައްދު ކުރިއެވެ. އަދި އިންތިއަކީ ހުނަރުން ފުރިގެންވާ މީހެއް ކަމުގައިވެސް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުން އިއްޔެ ކުރިއަށް ގެންދިޔައިރު އެ ޕާޓީން ވަނީ އެ ކޮމިޓީގެ ނައިބް މުގައްރަރު، ޝުއައިބް އަލީ ކޮމިޓީގެ ނައިބު ކަމުގެ މަގާމުން ވަކިކޮށްފައެވެ.

 

Ads by Ooredoo
  1. ނިންނި

    މިފޮޓޯއަށް ބަލާލީމަވެސް ވިސްނޭމީހެއްވިއްޔާ އެގޭނެ މިނަ ސިކުޑީގަ އިސްލާމްދީނުގެ ކުޑަވެސް މިންވަރެއް ނުވާކަން