ވިޔަފާރި

ޖޫން މަހު ގްރީން ޓެކްސް އިން ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެއްޖެ

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

މިދިޔަ ޖޫން މަހު ގްރީން ޓެކްސް ގެ ގޮތުގައި ދައުލަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ޖޫން މަހާ އަޅާ ބަލާއިރު 93 އިންސައްތަ ދަށަށް ހިނގައްޖެެއެވެ.

Ads by Hajj Corporation

ފިނޭންސް މިނިސްޓްރީ އިން އާންމުކޮށްފައިވާ "ގްރީން ފަންޑު" ގެ ރިޕޯޓް ދައްކާ ގޮތުގައި ގޮތުގައި ގްރީން ޓެކްސް ގޮތުގައި ޖޫން މަހު ދައުލަތަށް ލިބިފައި ވަނީ އެންމެ 3.9 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ޖޫންމަހު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތަށް 56.4 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

ގްރީން ޓެކުހުން ދައުލަތަށް ލިބުނު އާމްދަނީ ދަށްވެފައި މިވަނީ ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ބޮޑަށް ހީނަރުވެގެން ދިއުމުގެ ސަބަބުންނެވެ.

ގްރީން ޓެކުހުގެ ރިޕޯޓުން ދައްކާ ގޮތުގައި ޖޫން މަހު ގްރީން ޓެކްސް އެންމެ ގިނައިން ލިބުނީ މާލެ އަތޮޅުގެ  ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުންނެވެ. އެގޮތުން މާލެ އަތޮޅުގެ ގެސްޓްހައުސް ތަކާއި ސަފާރީ އަދި ހޮޓާތަކުން ވަނީ ގްރީން ޓެކުހުގެ ގޮތުގައި ޖުމްލަ 1.7 މިލިއަން ރުފިޔާ ލިބިފައެވެ. ގެސްޓްހައުސް ތަކުން 143,398.32ރ. ލިބިފައިވެ އެވެ.

ރިސޯޓްތަކުން 1.5 މިލިއަން ރުފިޔާ ލިބުނުއިރު، ސަފާރީތަކުން ގްރީން ޓެކުހުގެ ގޮތުގައި ލިބުނީ 195,953.16ރ. އެވެ.

އަދި ރާއްޖޭގެ 7 ސަރަޙައްދަކުން ގްރީން ޓެކްސްގެ ގޮތުގައި އެއްވެސް އާމްދަނީއެއް ލިބިފައެއް ނުވެއެވެ. އެއީ ހއ. އަތޮޅާއި ސ. އަތޮޅުން ތ. އަތޮޅާއި ލ. އަތޮޅު އަދި ގއ. އަދި ފުވައްމުލަކެވެ.

ހޮޓާތަކުން ވެސް ގްރީން ޓެކުހުގެ ގޮތުގައި އެއްވެސް ފައިސާއެއް ލިބިފައެއް ނުވެއެވެ.

2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ނަގަމުން އަންނަ ގްރީން ޓެކުހަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތް ކުރުމުގެ އެކި މަސައްކަތްތަކަށް ފައިސާ ހޯދުމަށް ނަގަމުން އަންނަ ޓެކުހެކެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ނަގަނީ ރިޒޯޓުތަކާއި ސަފާރީ އާއި ހޮޓާތަކުގައި ޗުއްޓީ ހޭދަކުރާ ކޮންމެ މީހެއްގެ އަތުން 6 ޑޮލަރެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ މީހުންގެ އަތުން 3 ޑޮލަރެވެ.

 

 

 

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!