މުނިފޫހިފިލުވުން

"އަސްމާ އޭ އަސްމާ" ގެ ޕަބްޖީ ވީޑިއޯ ދެކެފިންތަ؟ ވަރަށް ފައްކާ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދިވެހި ޒުވާނުންގެ ތެރޭގައި އެންމެ މަގުބޫލު އެއް ވީޑިއޯ ގޭމަކީ ޕަބްޖީއޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. ޕަބްޖީ ކުޅުމުގައި އެތައް ވަގުތެއް ހޭދަކޮށްލާ ޒުވާނުންގެ އަދަދު މިއަދު މަދެއް ނޫނެވެ. ކެއުމެއް ބުއިމެއް ނެތި ގިނަ ވަގުތުތަކެއް ޕަބްޖީގައި ގިނަ ޒުވާނުންތަކެއް ހޭދަކޮށްލައެވެ.

Ads by Sosun Fihaara

ދިވެހިންގެ ތެރޭގައި އަބަދުވެސް ވަރަށް މަގުބޫލު ވީޑިއޯއެއް އޮވެއެވެ. ދިވެހި ފިލްމު ލޫދިފާގެ މަންޒަރެކެވެ. އެ މަންޒަރުގައި ދައްކުވައިދެނީ އަންހެން ކުއްޖަކު އޭނާގެ ލޯބިވެރިޔާއާއެކު ހަވީރު ފިންޏަށް ދުއްވާލަން ނުކުމެ އުޅެނިކޮށް އޭނާގެ ފަހަތުން ކާރެއްގައި ބަޔަކު ދާ ތަނެވެ. އަދި ދަމުން މި އަންހެން ކުއްޖާއަށް ގޮވާ މަންޒަރު ދައްކުވައިދެއެވެ. "އަސްމާ އޭ އަސްމާ، މަޑުކޮށްބަލަ އަސްމާ" މިހެން ކިޔާ ހަޅޭއްލަވާ މަންޒަރު ދައްކުވައިދެއެވެ.

Asma 🥺

Posted by Decimation on Thursday, September 10, 2020

 

ކޮންމެއަކަސް މި ވީޑިއޯ އަކީ ގިނަ ދިވެހިންނަކަށް ކަމުދާ އަދި ނުހަނު މަޖާވެގެން ބަލާ ވީޑިއޯއެކެވެ. މި ވީޑިއޯގެ ޕަބްޖީ "ވާޝަން" އެއް ދިވެހި ޒުވާނުންތަކެއް މިވަނީ ތައްޔާރުކޮށް މީސްމީޑިއާގައި ދޫކޮށްލާފައެވެ. މި ވީޑިއޯއަށް ގިނަ ބައެއްގެ ލޯ ވަނީ އަމާޒު ވެފައެވެ. ސަބަބެއްވެސް ނެތިއެއް ނޫނެވެ. ވީޑިއޯ ގޭމެއްގައި އެ ފިލްމެއްގެ މަންޒަރު ގެނެސްދީފައިވާލެއް ފުރިހަމަ ކަމުންނެވެ.

ދިވެހިންގެ ތެރޭގައިވެސް ވަރަށް އުފެއްދުންތެރި ޒުވާނުން އުޅޭކަން މިފަދަ ކަންތައްތަކުން ދައްކުވައިދެއެވެ. މި ވީޑިއޯ ކްލިޕް އަވަަހަށް ބަލާލާށެވެ. ހީހީ އަވަދިވާނެ ކަމާމެދު ޝައްކެތް ނެތެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!