ޚަބަރު

މެނިފެސްޓޯގައި ހުރި ވައުދުތައް ރިވައިޒު ކުރަން ޖެހޭ: ރައީސް ނަޝީދު

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ( އެމްޑީޕީ) އިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެކުލަވާލި މެނިފެސްޓޯގައި ހުރި ވައުދުތައް އަލުން ރިވައިޒް ކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

މިއަދު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިއަދު ސަރުކާރާއި އެމްޑީޕީއާ އަދި އެހެން ފަރާތްތަކުގެ ވައުދުތައް ވެސް މުތާލިޔާ ކުރަން ޖެހޭ ކަމަށާއި އެގޮތުން ވަޒީފާ ނެތް ފަރާތްތަކަށް އަޅާލެވޭނެ ގޮތްތަކަކީ ކޮބައިތޯ މިއަދު ބަލަންޖެހޭ ކަމަށެވެ.

"ބައިވަރު އެތައް ބައެއްގެ ވަޒީފާތައް ގެއްލިއްޖެ. އެމީހުންނަށް އުޅެވޭނެ ގޮތެއް ހޯދައި ދިނުމުގެ ބޭނުންތެރިކަން ވަރަށް ބޮޑު. އެއީ މި ޕެކޭޖުގަ ނުވަތަ މަޖިލީހުން ދޭ ލަފާގައި ވަޒީފާ ގެއްލުނު ފަރާތްތަކަށް އަދި އާމްދަނީ ގެއްލުނު ފަރާތްތަކަށް ގުޅޭ ގޮތުން ގެންގުޅެވިދާނެ ސިޔާސަތެއްގެ ލަފާ އިރާދަކުރެއްވިއްޔާ ކޮމެޓީތަކުގެ މަސައްކަތްތަކާއި އެކީގައި އަޅުގަނޑުމެންނަށް ލިބިގެންދާނެ،" ނަޝީދު ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް ވިދާޅުވީ މިހާލަތަކީ މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ހާލަތެއްކަމުން މިހާލަތުން އަރައިގަތުމަށްޓަކައި ރަނގަޅު ދިރާސާތަކެއްކޮށް އެ ދިރާސާތަކުން ފާހަގަވާ ކަންކަން ރަނގަޅުކުރުމަކީ މިދަނޑިވަޅުގައި ކުރުން މުހިންމު ކަމެއް ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!