ލަގްޒަރީ ޔޮޓެއްގައި ރޯވެ އަޑިއަށް ހިނގައްޖެ، ފިހިގެން ފަރުވާއަށް މީހަކު މާލެއަށް ގެނައި
![](https://dhen.mv/wp-content/uploads/2025/02/e79051c5-502a-4246-a5f1-ed83eb5f9c82-850x548.webp)
ރީތި ރަށް ރިސޯޓާ ދިމާލު ބޭރުން ދަތުރުކުރި އޭޑީކޭ ގްރޫޕުގެ ލަގްޒަރީ ޔޮޓެއްގައި ރޯވެ މީހަކު ފިހިއްޖެ އެވެ.
އަލިފާނުގެ ހާދިސާ ހިނގީ ރީތި ރަށް ރިސޯޓާ ދިމާލުން ފަސް މޭލު ބޭރުން ދަތުރުކުރަމުން ދިޔަ "ނަވައިމާ" ކިޔާ ޔޮޓެއްގަ އެވެ.
މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ޔޮޓުގައި އަލިފާނުގެ ހާދިސާ ހިނގިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިދިޔަ ބުދަ ދުވަހުގެ ރޭ ފަތިހު 3:43 ހާއިރު ކަމަށެވެ.
"ޔޮޓުގައި އެވަގުތު ފަސް މީހަކު ތިބި ކަމަށް މައުލޫމާތު ލިބިފައިވޭ. އޭގެ ތެރެއިން އެކަކު ފިހިގެން ފަރުވާ ދިނުމަށް މާލެ ގެނެސްފައިވޭ،" މެސެޖުގައިވެ އެވެ.
ފުލުހުން ބުނި ގޮތުގައި ހާދިސާ އާ ގުޅިގެން އެ ޔޮޓު އަޑިއަށް ގޮސްފައިވާ ކަމުގަ އެވެ.
"ނަވައިމާ" ގައި ހިނގި އަލިފާނުގެ ހާދިސާ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.