ބުރުޒު މަގުގައި ހުރި ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް

މާލެ، ޝީ ބިލްޑިން ކައިރީގައި ހުރި ފަޅު ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްއެންޑީއެފުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އަލިފާން ރޯވީ މ. ހައުސްޕްލާޒާގައި ކަމަށެވެ.
އަލިފާން ރޯވުމާ ގުޅިގެން އެމްއެންޑީއެފް ފަޔަ އެންޑް ރެސްކިއު ސާވިސްއިން ވަނީ ހަރަކާތްތެރިވެފަ އެވެ.
މިއަދުގެ ހެނދުނުގެ ވަގުތެއްގައި ހިނގި އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ދެން" އަށް ވިދާޅުވި އެވެ.
ހައުސްޕްލާޒާގައި ރޯވި އަލިފާންގަނޑު މިހާރު ކޮންޓްރޯލް ކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

Ads by HDC