ޚަބަރު

ފުޅާ ދާއިރާއެއްގައި ހަށި ވިއްކި މީހަކާ އޭނާގެ އެޖެންޓު އަތުލައިގެންފި

. ، ދެން އޮންލައިން
ހަށިވިއްކުމުގެ ވިޔަފާރި ކުރަން އުޅެނިކޮށް އަތުލައިގަތް ދެ މީހުން

ރާއްޖޭގައި ފުޅާދާއިރާއެއްގައި ހަށިވިއްކުމުގެ ވިޔަފާރީ ކުރަމުން ދިޔަ ބިދޭސީ އަންހެނަކާއި އޭނާގެ އެޖެންޓު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

Ads by STELCO

އިމިގްރޭޝަނުން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ދެ މީހުން ހައްޔަރުކުރީ ހަށިވިއްކުމުގެ ވިޔަފާރި ކުރަމުންދާކަމަށް ތުހުމަތުކުރެވޭ ބިދޭސީން ހޯދުމަށްޓަކައި ފުލުހުންނާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

ހައްޔަރުކުރި ދެ މީހުންނަކީ:

  1. އިންޑިއާ، ގީތާ ކުމަރަސާމީ (39އ)
  2. ނޭޕާލް، ޗަތްރާ ބަހަދުރް ވާޖީ (52އ)

އެ މައްސަލަ ތަހުގީގުކުރުމަށްފަހު، ބިދޭސީ އަންހެން ޑީޕޯޓްކޮށްފައިވާއިރު އޭނާގެ އެޖެންޓެއްގެ ގޮތުގައި މަސައްކަތްކުރި ޗަތްރާ ޑިޕޯޓުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ.

މީގެ ކުރިންވެސް އިމިގްރޭޝަނުން ކުރި ރެއިޑްތަކުގައި ހަށިވިއްކުމުގެ ވިޔަފާރީގައި އުޅޭ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް ޑީޕޯޓްކޮށްލާފައިވެ އެވެ.

  1. ބޮލު ރޮދި

    ހަށި ވިއްކާ މީހުންނެކޭ އެއްގޮތަށް ހަށި ގަންނަ މީހުންނަށް ފިޔަވަޅު ނޭޅެނީ ކީއްވެހޭ؟