އޭސީސީގެ ނައިބު ރައީސްގެ މަގާމަށް ނާޝިދު އައްޔަނުކޮށްފި

ހުސްވެފައިވާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ނައިބު ރައީސްގެ މަގާމަށް އަބްދުﷲ ނާޝިދު މިއަދު އައްޔަނުކޮށްފި އެވެ.
ނާޝިދު އޭސީސީގެ މެންބަރުކަމަށް އައްޔަނުކުރީ މި އަހަރުގެ ޖަނަވަރީ މަހު އެވެ.
އަދި އޭގެ ފަހުން ކޮމިޝަންގެ ނައިބު ރައީސަކަށް ހަމަޖައްސަނަ އޭނާ އަށް ރުހުން ހޯދަން ފޮނުވުމުން މަޖިލީހުން ރުހުން ދިނީ އިއްޔެ އެވެ.
އެއާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނާޝިދު އޭސީސީގެ ނައިބުގެ މަގާމަށް އައްޔަނުކުރައްވައި މަގާމުގެ ލިޔުން ހަވާލުކުރައްވައިފަ އެވެ.
ނާޝިދު ވަނީ 2011 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާދެމެދު އޭސީސީގެ މުހިންމު މަގާމުތަކެއް އަދާކުރައްވައިފަ އެވެ.

Ads by Ooredoo