17 އަހަރަށް ފަހު ބޮޑުފިނޮޅު ގަމު ކައުންސިލަށް ދީފި

ލ. އަތޮޅު ގަމުގެ އުތުރަށް އޮންނަ ބޮޑުފިނޮޅުގައި ޓްރެއިިނިން ރިސޯޓެއް ތަރައްގީކުރުމަށް ބިން ދިންތާ 17 އަހަރަށް ވުރެ ގިނަ ދުވަހަށް ފަހު އެންމެ ފަހުން އެ ރަށް ގަމު ކައުންސިލަށް ދީފި އެވެ.
މިއީ ގަމާ ގުޅިފައިވާ ގޮތަށް އުތުރުގައި ފަޅު ރަށެއް ގޮތަށް ދެކޭ ބަޔެކެވެ. އެ ސަރަހައްދުގައި ޓްރެއިނިން ރިސޯޓެއް ހަދަން ޕްރިމިއަ އިކުއިޓީއާއާ ކިޔާ ކުންފުންޏަކަށް ދިނީ 2008 ވަނަ އަހަރެވެ.
ރިސޯޓް ހެދުމަށް ބައެއް މަސައްކަތް އެ ތަނުގައި ފެށި ނަމަވެސް ހުއްޓި އޮންނަތާ އެތައް އަހަރެއްވުމުން ގަމު ކައުންސިލަށް އެ ރަށް ހަވާލު ކުރުމާ ގުޅޭ ގޮތުން ވާހަކަ ދެކެވޭތާ ވެސް އަހަރުތަކެއް ވެއްޖެ އެވެ.

ލ.ގަމު މަތިން ނަގާފައިވާ ފޮޓޯއެއް. ދެން ފައިލް ފޮޓޯ: މުޙައްމަދު އަރީޙް
ގަމު ކައުންސިލްގެ އިހުތިސޯސްގެ ތެރޭގައި ބޮޑު ފިނޮޅު ހިމަނައި، އިހުތިސޯސަށް ބަދަލު ގެނެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އެ ގަރާރު ނެރުއްވި އެވެ.
ގަމު ކައުންސިލްގެ ރައީސް އަހުމަދު ޒަކީ "ދެން އޮންލައިން" އަށް ވިދާޅުވީ މި ސަރުކާރު އައި ފަހުން ވެސް ކައުންސިލްގެ ފަރާތުން ރަސްމީކޮށް މިދިޔަ އަހަރު އެ ރަށް ކައުންސިލަށް ދިނުމަށް އެދިފައިވާ ކަމަށެވެ.
ޒަކީ ވިދާޅުވި ގޮތުގައި ރަށު ކައުންސިލްގެ ވިސްނުމަކީ ބޮޑު ފިނޮޅުގައި ގެސްޓް ހައުސްގެ ވިޔަފާރި ހިންގުމެވެ. އަދި އެ ވިޔަފާރިން ކައުންސިލަށާއި ރަށު އިގުތިސޯދަށް އާމްދަނީ އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ރަށަށް ހޯދައިދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގެސްޓްހައުސް އެޅުމަށް ވަރަށް އަވަހަށް ބިންތައް ދޫކުރާނަން،" ގަމު ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވި އެވެ.
ގަމަކީ 5،000 އެއްހާ މީހުންގެ އާބާދީއެއް އެ ރަށުގެ ރަޖިސްޓްރީގައި ހިމެނޭ ރަށެކެވެ. ގަމާއި އެ އަތޮޅު ވެރިކަންކުރާ ރަށް ފޮނަދޫއާ ހަމައަށް ލިންކް ރޯޑަކުން ގުޅާލާފައިވާ އިރު އެ ސަރަހައްދުގައި 8،000 އެއްހާ މީހުން ދިރިއުޅެ އެވެ. ގަމަކީ މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން އެންމެ ބިން ބޮޑު ރަށެވެ.
އެރަށައް ސަރަގު އާދަމް މަނިކުގެ ފަރާތުންވެސް ބަޔަކު ސެރިހެން ހީވޭ އެރައް ރިސޯޓަކައް ތަރައްގީކުރަން