ޚަބަރު

އިންޑިއާ އާއި ދެކޮޅަށް އެއްޗެހި ގޮވުމަކީ ބިރުހުރި ކަމެއް: އިބްރާހިމް ޝަރީފު

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

އިންޑިއާ އާ ދެކޮޅަށް އެއްޗެހި ގޮވުމަކީ ބިރުހުރި ކަމެއް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރާއްޖެ ޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ އިންޑިއާ އިން ރާއްޖެއަށް ކޮށްދީފައިވާ ކަންކަމަށް ދިވެހިން ޝުކުރު ވެރި ވާން ޖެހޭ ކަމަށެވެ. އަދި އޭގެ ބަދަލުގައި  އެއްޗެހި ގޮވާ މުޒާހަރާ ކުރުމަކީ ބިރުހުރި ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

""އިންޑިއާއަކީ އަޅުގަނޑުމެންގެ ޓްރޭޑިންގެ އެންމެ ބޮޑު ގައުމު. އެހެންވީމަ އިންޑިއާއަށް ނުވާނެ ބަދުބަސް ބުނެ ޑިޕްލޮމެޓިކް އުސޫލާ ހިލާފު ވާހަކަތައް ދައްކައިގެނެއް." ޝަރީފް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރަށް އިންޑިއާ ސަރުކާރުން ގިނަގުނަ އެހީތެރިކަން ލިބެމުން އަންނަ ކަން ފާހަގަ ކުރައްވާ ޝަރީފް ވިދާޅުވީ އިންޑިއާ އާއި ދެކޮޅަށް މުޒާހަރާކޮށް އެފަރާތަށް ރައްދުވާ ގޮތަށް ބަދުބަސް ބުނުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަމެއް ނޫންކަމަށެވެ.

އަދި ރާއްޖެއާ އެންމެ އަވައްޓެރި ގައުމު ކަމަށްވާ އިންޑިއާ އާ ގާތް ގުޅުމެއް ބޭއްވުމަކީ ރާއްޖޭގެ އިސްތިގުލާލު ދެމެހެއްޓުމަށްޓަކައި ބޭނުންތެރި މުހިންމު ކަމެއްކަމުގައި ޝަރީފް ފާހަގަކުރެއްވިއެވެ.

އެގޮތުން މިފަދަ އެހެން ގައުމުތަކާ ވެސް މި ގުޅުންތައް ބާއްވަން ޖެހޭ ކަމަށާއި ޗައިނާ އަކީ ވެސް މިފަދަ ގައުމެއް ކަމުގައި ޝަރީފް ވިދާޅުވިއެވެ. ޗައިނާ އިން ރާއްޖެއަށް ތަރައްގީގެ ގިނަ މަސައްކަތްތަކެއް ކޮށްދީފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.

 

 

 

Ads by Ooredoo
  1. ކުޑަކާށި

    ސިފައިން ތިބެންޖެހޭތޯ ؟ ކޮންމެ ފިޔާބަސްތާއަކާއެކު 100ސިފައިން އަންނަންޖެހެންޏާ ، ބުރިޖުގެ ކޮންމެތަބަކަށް 100000 ސިފައިން ޗައިނާއިން ވެސް އަންނަންޖެހޭތޯ ؟

  2. ޏނގސ

    ޥަރިހަމަަ އެއްނު ، އަބަދު ޗައިނާއާ ދިމާކުރަނީ

  3. ކިނބޫ

    އިސްލާމްދީނަށް ފުރައްސާރަކޮށް ރަސޫލާއަށް މަލާމާތް ކޮށް ﷲ އަށް ޖޯކު ޖެހުން އަހަރުންނަށް ބިރުބޮޑީ!
    މިމީހާއަށް ބިރުބޮޑީ މުޝްރިކުންނަކީ ނަރަވެރިންނޭ ބުނުން!
    ކިހާބޮޑު ކަމެއް!