ޚަބަރު

މަގުމަތިވި ބިދޭސީ މީހާއަށް މުސާރައާ ޓިކެޓް ދީފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ހާލުގައި ޖެހިގެން އުޅޭ ބިދޭސީ މީހާ--

ޔުނިކް ޗޮއިސް ޕްރައިވެޓް ލިމިޓެޑު ކުންފުނީގައި މަސައްކަތްކުރަން ރާއްޖެ ގެނައި އިންޑިއާގެ ޖަލާލުއްދީން އަންސާރީ އަށް ނުދީ އޮތް 3 މަހުގެ މުސާރަ ދީ، އޭނާ އަށް އަނބުރާ ގައުމަށް ދެވޭ ގޮތް ހަމަޖެހިއްޖެ އެވެ.

Ads by Hajj Corporation

ބަރާބަރަށް މުސާރަ ނުލިބޭތީ ކުލި ނުދެއްކިގެން މާލޭގައި ދިރިއުޅޭ ތަނުން ނެރެލުމުން ޖަލާލުއްދީން މަގުމަތިވި އެވެ. އޭނާގެ މައްސަލަ ސޯޝަލް މީޑިއާގައި މީހުންގެ ސަމާލުކަމަށް ގެނައި މިދުއަމް ސައުދު އެވެ. އެ މައްސަލަ ކަމާއި ބެހޭ އިދާރާތަކުންވެސް ބަލަން ފެށި އެވެ.

ސޯޝަލް މިޑިއާގައި މިއަދު ކުރި ޕޯސްޓެއްގައި މިދުއަމް ބުނީ ޔުނިކް ޗޮއިސް ކުންފުނިން ޖަލާލުއްދީން އަށް 3 މަހުގެ މުސާރަ ދީފައިވާ ކަމަށެވެ. އަދި މާދަމާ އިންޑިއާ އަށް ދާން، ކުންފުނިން ޓިކެޓުވެސް ނަގާފައިވާ ކަމަށެވެ.

"9 މަސް މި ގައުމުގައި ގަނަ ތެޅި ސަލާން ޖަހަން އުޅުމަށް ފަހު މާދަމާ ޖަލާލުއްދީން އަނބުރާ އޭނާގެ އާއިލާ ގާތަނަށް ދާނެ" މިދުއަމް ބުންޏެވެ.

ދާދި ފަހުން ވެސް ރާއްޖެއަށް ގެނައި އިންޑިއާގެ ލޭބަރުންތަކަކަށް މުސާރަ ނުދީ އެ މީހުން ހާލުގައި ޖެހިގެން އުޅުނު މައްސަލަައެއް ސޯޝަލް މީޑިއާއިން ފެންމަތިވި އެވެ.

އެ ލޭބަރުންގެ މައްސަަލަ އިންޑިއާ ސަރުކާރުން ރާއްޖޭގެ އިދާރާތަކުގެ ސަމާލުކަމަށް ގެނައުމުން އެ މައްސަލަ ބަލަން ފަށާފައިވާކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ.