ޚަބަރު

ހޯރަފުށީ އެއާޕޯޓުގެ ޓާމިނަލާއި ފަޔަ ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފި

ޢާއިޝަތު ނުޒުހާ ، ދެން އޮންލައިން

ހއ. ހޯރަފުށީގައި ތަރައްގީ ކުރަމުން އަންނަ އެއާޕޯޓުގެ ފަސިންޖާ ޓާމިނަލާއި ފަޔާ ސްޓޭޝަންގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިކަން ހާމަކޮށް އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ 13.8 މިލިއަން ރުފިޔާ ހޭދަކޮށްގެން ކުރިއަށް ގެންދާ ހޯރަފުށީ އެއާޕޯޓު ޕްރޮޖެކްޓުގެ ދަށުން، ފަސިންޖާ ޓާމިނަލާއި ފަޔަ އިމާރާތުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެއާޕޯޓުގެ ފެސެންޖާ ޓާމިނަލް އަދި ފަޔާ ބިލްޑިންގް އިމާރާތްކުރަން ހޯރަފުށި އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށް ގެންދާ އެމްޓީސީސީ އާ ހަވާލުކޮށްފައި ވަނީ މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހުއެވެ. މި މަސައްކަތް އެ ކުންފުންޏާއި ހަވާލުކޮށްފައި ވަނީ 80 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ކޮވިޑް19ގެ ސަބަބުން ލޮޖިސްޓިކަލް ގޮންޖެހުންތަކެއް ހުރި ނަމަވެސް އަމާޒަކީ ހޯރަފުށީ އެއާޕޯޓު ޕްރޮޖެކްޓު އަންނަ އޮކްޓޯބަރު މަހުގެ ނިޔަލަށް ނިންމާލުން ކަމުގައި މީގެ ކުރިން އެމްޓީސީސީން ބުނެފައިވެއެވެ.

ހޯރަފުށީ އެއާޕޯޓު ހަދަން، އެ ރަށު ފަޅުތެރެއިން ވަނީ 345،500 އަކަ މީޓަރު ހިއްކާފައެވެ. ހޯރަފުށީ އެއާޕޯޓުގައި 1،200 މީޓަރުގެ ރަންވޭއަކާއި 8،635 ސްކޮއާ މީޓަރުގެ އޭޕްރަން އަކާއި ޓެކްސީވޭއެއް އޮންނާނެއެވެ.

 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!