ކުއްޖެއްގެ ގައިގައި އަތްލުމުން ދެ މަހުގެ ޖަލު ހުކުމެއް

ކުޑަކުއްޖެއްގެ ގައިގައި އަތްލި މައްސަލައެއްގައި ދެ މަހުގެ ޖަލު ހުކުމެއް ކްުރިމިނަލް ކޯޓުން މިދިޔަ ހަފްތާގައި އެ މީހެއްގެ މައްޗަށް އިއްވައިފި އެވެ.
ކްރިމިނަލް ކޯޓުން އެ ހުކުމް އިއްވީ ކ.ހިންމަފުށި/ އަމްފާ، ހުސެއިން ސިފާޒްގެ މައްޗަށެވެ.
އެ ގޮތުން ސިފާޒްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ދެ މަހާއި 21 ދުވަހުގެ މުއްދަތަަށް ޖަލަށް ލާން ވަނީ ހުކުމްކޮށްފަ އެވެ.
ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން ބިރު ދެއްކުމުގެ ދައުވާ ވެސް ސިފާޒްގެ މައްޗަށް ކުރި އެވެ.
ނަމަވެސް ކްރިމިނަލް ކޯޓުން ނިންމީ އެ ދައުވާ އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.
މުޖުތަމައުގެ އަހުލާގީ އުސޫލުތައް ހިފެހެއްޓުމުގެ ގޮތުން ކަމަށް ބުނެ އެ ދެ ދައުވާގެ ހުކުމުގެ ހުލާސާ ހިމެނޭ ރިޕޯޓް ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި އާންމެއް ނުކުރެ އެވެ.