ދުނިޔެ

މިކަމުން އަރައިގަންނަން އަދި 10 ހަފްތާ ގޭގައި މަޑުކޮށްލަދީ: ބިލް ގޭޓްސް

ދެން އެމްވީ ، ދެން އޮންލައިން

ނުރައްކާތެރި ކޯވިޑް19 ވައިރަހުން އެމެރިކާ އަރައިގަތުމަށް ރައްޔިތުން އަދި 10 ހަފްތާ ގޭގައި މަޑުކޮށްލަދިނުމަށް ބިލް ގޭޓްސް އެދެފިއެވެ.

Ads by Sosun Fihaara

ދަ ވޮޝިންގްޓަން ޕޯސްޓަށް ލިޔުނު ރިޕޯޓެއްގައި ބިލް ގޭޓްސް ބުނީ، ކޯވިޑް 19 ގެ ސަބަބުން މިވަގުތު އެމެރިކާ ވެއްޓިފައި އޮތް އަނދަވަޅުން އަރައިގަނެވޭނީ ރައްޔިތުން އެކީ އެކައްޗެއް ކިޔައި އެއްބައިވަންތަކާއިއެކު ތިބެގެން ކަމަށެވެ.

އެމެރިކާގެ އެކި ސްޓޭޓް ތަކުގައި ކޯވިޑް 19 އިން ރައްކާތެރިވުމަށް އަޅާފައިވަނީ އެކި ފިޔަވަޅުތަކެވެ. އެގޮތުން ޒާރޫރީ ކަމެއްގަ ނޫނީ ބޭރަށް ނުދެވޭ ގޮތަށް ހަދާފައި އޮތީ ހަމައެކަނި އެގައުމުގެ 5 ސްޓޭޓެއްގައެވެ. ބިލް ގޭޓްސް ގަބޫލުކުރާ ގޮތުގައި އެކަން ބަދަލުކުރަން ޖެހެއެވެ. ބިލް ގޭޓްސް ދެކޭގޮތުގައި، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ހުރިހާ ސްޓޭޓްތަކަކުން ވެސް އެއް އުސޫލަކަށް ތަބާވުމެވެ. އެގޮތުން، ހުރިހާ ސްޓްޓޭއްވެސް ލޮކްޑައުން ކުރުމަށް ބިލް ގޭޓްސް ތާއީދު ކުރެއެވެ.

ބިލްގޭޓްސް ބުނީ، ބައެއް ސްޓޭޓްތަކުގައި އަދިވެސް ބީޗްތައް ހުރީ އާއްމުންނަށް ހުޅުވާލާފައި ކަަމަށާއި، އަދި އަނެއް ބައި ސްޓޭޓްތަކުގައި، ރެސްޓޯރެންޓްތައް ހުޅުވައިގެން ހިދުމަތް ދެމުން ގެންދާ ކަމަށެވެ. ބިލް ގޭޓްސް އެ ލިޔުމުގައި އިތުރަށް ފާހަގަކުރީ، މިހާރުން ފެށިގެން ހަރުދަނާ ފިޔަވަޅުތަކެއް ނާޅައިފިނަމަ ގައުމުގެ ހާލަތު ދަށަށް ގޮސް، ބަލިޖެހިގެން މަރުވާ މީހުންގެ އަދަދު އިތުރުވާނެ ވާހަކައެވެ.

މައިކްރޯސްފްޓްގެ ކޯ ފައުންޑަރ ބިލްގޭޓްސް ބުނީ، ނިއުޔޯކް ފަދައިން އެމެރިކާގައިވެސް ގިނަ އަދަދެއްގެ މީހުން ކޯވިޑް 19 ޖެހިފައި ހުރިތޯ ބެލުމަށް ޓެސްޓް ކުރުން މުހިންމު ކަމަށެވެ. ނިއުޔޯކްގައި ވަނީ ދުވާލެއްގެ މައްޗަށް 20000 މީހުން ޓެސްޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!