ރައީސް ނަޝީދު ކަރަންޓީނަށް

އަމިއްލަ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ކުރި ދަތުރުފުޅު ނިންމާލެއްވުމަށް ފަހު މިއަދު ރާއްޖެ ވަޑައިގެން، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކަަރަންޓީނުވެ ވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު އިނގިރޭސިވިލާތަށް ކުރެއްވި ނުރަސްމީ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު މިއަދު ހެނދުނު މާލެ ވަޑައިގަންނަވައި، މިވަގުތު ހުންނެވީ ކަރަންޓީނުގައެވެ.
ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ އޮގަސްޓު 28 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ނަޝީދުގެ އާއިލާގެ ބައެއް ބޭފުޅުން ދިރިއުޅުއްވަމުން ގެންދަވަނީ އިނގިރޭސިވިލާތުގައެވެ.
ރައީސް ނަޝީދު އިނގިރޭސިވިލާތަށް ވަޑައިގެންނެވިއިރު، މަޖިލިސް އޮތީ އެއްމަސް ދުވަހުގެ ޗުއްޓީއެއްގައެވެ. މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގެ ޖަލްސާތައް ފަށާނީ އޮކްޓޯބަރު މަހުގައެވެ.