ޚަބަރު

މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު ހެޔޮ ކޮށްފި

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

މިފްކޯ އިން މަސްވެރިންނަށް ތެޔޮ ވިއްކާ އަގު މާދަމާއިން ފެށިގެން ހެޔޮ ކުރަން ނިންމައިފިއެވެ.

Ads by Hajj Corporation

އެގޮތުން މިފްކޯއިން ބުނެފައިވަނީ މާދަމާ އިން ފެށިގެން އެތަނުން މަސްގަންނަ ސެންޓަރުތަކާއި ބޯޓުފަހަރުން ޑީސަލް ވިއްކާނީ މަސްވެރިންނަށް ޑީސަލް ލީޓަރެއް 7.33 ރުފިޔާ އަށް އަދި އާންމުންނަށް 13 ރުފިޔާ އަށް ކަމަށެވެ.

މީގެކުރިން މިފްކޯއިން މަސްވެރިންނަށް ޑީސަލް ވިއްކީ ލީޓަރެއް 8.65 ރުފިޔާ އަށެވެ. އަދި ބާޒާރުގައި ޑީސަލް ވިއްކަން ހުރީ 8.71 ރުފިޔާ އަށެވެ.

މިފްކޯ އިން މަސްވެރިންނަށް ޑީސަލް އަގުހެޔޮ ކޮށްފައިވާއިރު އެކުންފުނިން މިހާރު ވަނީ މަސްވެރިންނަށް ދޭން ޖެހޭ ހުރިހާ ފައިސާއެއް ވެސް ދީ ޚަލާސް ކޮށްފައެވެ.

އެގޮތުން ދައުލަތުގެ މީޑިއާ އަށް މަޢުލޫމާތުދެއްވަމުން މިފްކޯގެ ސީއީއޯ އިސްމާއިލް ފައުޒީ ވިދާޅުވީ، އޮގަސްޓްމަހުގެ 17 ވަނަ ދުވަހުން ފެށިގެން އޮގަސްޓްމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިން މަސް ކިރުވާފައި ފައިސާ ނުދީ ހުރި ބިލުތަކަށް ދޭންޖެހޭ ހުރިހާ ފައިސާއެއް ދީ ނިމިފައިވާކަމަށެވެ. މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ޖުމްލަ 83 މިލިއަން ރުފިޔާއަށް އަރާއިރު، އޭގެ ތެރޭގައި ހިމެނެނީ ދެކުނުގެ މަސްވެރިންނަށް ދޭން ޖެހޭ 56 މިލިއަން ރުފިޔާއާއި އުތުރުގެ މަސްވެރިންނަށް ދޭން ޖެހޭ 29 މިލިއަން ރުފިޔާކަމަށް މިފްކޯއިން މަޢުލޫމާތު ދެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!