އިންޑިއާގެ އަންހެނުން ދަނޑުވެރިކަމުގައި ޑްރޯން ބޭނުންކޮށްގެން މިނިވަންކަމާއެކު އާމްދަނީ ހޯދަނީ

ންޑިއާގެ އުތުރުގައި ހުންނަ ހަރިޔާނާ ސްޓޭޓުގައި، އަންހެނުންތަކެއް ދަނޑުވެރިކަމުގައި ޑްރޯން ބޭނުންކުރަން ދަސްކޮށްގެން އާމްދަނީ ހޯދަމުންދާކަމަށް ރޮއިޓަރސް އިން ރިޕޯޓުކޮށްފިއެވެ. މިކަމުގެ ސަބަބުން އެ އަންހެނުންނަށް މާލީ މިނިވަންކަމާއި އިޖްތިމާއީ ބަދަލުތަކެއް ގެނެސްދީފައިވާ ކަމަށްވެސް ބުނެއެވެ.
ޑްރޯން ޕައިލެޓުންގެ ގޮތުގައި މަސައްކަތްކުރާ މި އަންހެނުން، ދަނޑުތަކުގައި ޕެސްޓިސައިޑް އަޅަން ޑްރޯން ބޭނުންކުރަމުންދެއެވެ. މިގޮތުން ޑްރޯން ބޭނުންކޮށްގެން ދަނޑުތަކުގައި ބޭސްޖެހުމަކީ ވަގުތު ސަލާމަތްވެ، ޚަރަދު ކުޑަވާ ގޮތެއްކަމަށް ފާހަގަކުރެވެއެވެ.
ހަރިޔާނާގެ ނައުން ސަރަޙައްދުގައި ދިރިއުޅޭ 19 އަހަރުގެ ޕްރިޔަންކާ ޝަރުމާ ބުނީ، ޑްރޯން ޕައިލެޓެއްގެ ގޮތުގައި މަސައްކަތްކުރަން ފެށުމަށްފަހު އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އޭނާގެ އާމްދަނީ އިތުރުވެ، އަމިއްލަ ފޯނެއް ގަތުމުގެ ފުރުސަތު ލިބުނު ކަމަށާއި، މުޖުތަމައުގައި އޭނާއަށް ލިބޭ އިޙްތިރާމް އިތުރުވެފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
އިންޑިއާގެ ސަރުކާރުން ދަނޑުވެރިކަމުގައި ޑްރޯން ބޭނުންކުރުން އިތުރުކުރުމަށް މަސައްކަތްކުރަމުންދާއިރު، މިކަމުގެ ސަބަބުން ގިނަ އަންހެނުންނަށް ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެ ކަމަށް ބެލެވެއެވެ. ނަމަވެސް، އަންހެނުން މިފަދا ދާއިރާތަކުގައި މަސައްކަތްކުރުމާމެދު ބައެއް ފަރާތްތަކުން ދެކޮޅުހަދާކަންވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، އިންޑިއާގެ އެކި ކަންކޮޅުތަކުގައި އަންހެނުން ޑްރޯން ޕައިލެޓުންގެ ގޮތުގައި މަސައްކަތްކުރަން ފަށާފައިވާއިރު، މިކަމަކީ އަންހެނުންގެ ބާރުވެރިކަން އިތުރުކޮށް، އާމްދަނީ ހޯދުމުގެ އައު ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމެއްކަމަށް ލަފާކުރެވެއެވެ.
