ޚަބަރު

ގެއްލުނު މީހާ އަދިވެސް ނުފެނޭ: އެމްއެންޑީއެފް

ދެން އެމްވީ ، ދެން އޮންލައިން

ބ.ދަަރަވަންދޫ އިން ފުރައިގެންދިޔަ ޑިންގީއަކާއި އޭދަފުށީ ލޯންޗެއް ޖެހި ހިނގި އެކްސިޓެންޑްގައި ކަނޑަށް ވެއްޓި ގެއްލުނު މީހާ އަދިވެސް ނުފެންނަ ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

މި ހާދިސާގައި ގެއްލިގެން ހޯދަމުން ދަނީ ބ. އޭދަފުށީ، މުސްތަރީގޭ، ނަސްރުﷲ އަބްދުﷲ (41އ) އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް އިބްރާހިމް އާޒިމް ވިދާޅުވީ ނަސްރުﷲ ހޯދުމުގެ މަސައްކަތުގައި ގިނަ އަދަދެއްގެ އުޅަނދު ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މީގެ އިތުރުން ނަސްރުﷲ ހޯދުމުގައި ނައިޓްވިޝަން ކެމެރޭ ބޭނުން ކުރަމުން އަންނަ ކަމަށެވެ.

ފުލުހުން ބުނީ މިރޭ 19:07 ހާއިރު ބ.ދޮންފަނު ކައިރިން ހިނގި މި އެކްސިޑެންޓުގައި ޑިންގީގައި ތިބި ހަތަރު މީހުންގެ ތެރެއިން މީހުން ސަލާމަތްވެފައިވާ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!