ޚަބަރު ސަރުކާރު

ކޭޝް ވަގުފު ފަންޑު ފަށަނީ 15 މިލިއަން ރުފިޔާގެ ފަންޑަކާއެކު

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު / ފޮޓޯ:ދެން އިމޭޖްސް

ޝަރުއީ އުސޫލުތަކާ އެއްގޮތަށް ކޭޝް ވަގުފު ފަންޑު ފަށާނީ 15 މިލިއަން ރުފިޔާއާއެކު ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

Ads by MPL

އިސްލާމިކް މިނިސްޓަރު ޝަހީމް މިރޭ މީޑިއާތަކާ ހިއްސާ ކުރެއްވި މެސެޖުގައި ބުނީ އިސްލާމިކް މިނިސްޓްރީގެ ވަގުފު ފަންޑު ތަރައްގީކޮށް، ޝަރުއީ އުސޫލުތަކާ އެއްގޮތަށް، (ކޭޝް ވަގުފު) ކުރެވޭނެ ނިޒާމު މިހާރު ގާއިމުކޮށްފައިވާ ކަމަށެވެ.

އަދި ކޭޝް ވަގުފުން އިންވެސްޓްކޮށް އޭގެ ސާފު ފައިދާއިން އިސްލާމީ ދާއިރާތަކަށް ހޭދަކުރަން ނިންމާފައިވާ ކަމަށާއި އެއާއެކު ދިވެހި ރައްޔިތުންގެ ތެރެއިން ﷲ ގެ މަގުގައި ނަގުދު ފައިސާ ވަގުފުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ވަގުފު ފަންޑަށް ސަދަގާތާއި ހައިރާތާއި ހިބައާއި ވަސިއްޔަތުގެ ގޮތުން ދޭ ހަދިޔާވެސް ބަލައިގަނެވޭނެ. މިބައި ފަންޑުގެ ތެރޭގައި ބެލެހެއްޓިގެންދާނީ ކޭޝް ވަގުފާ ވަކިން ހަރުދަނާ ނިޒާމެއްގެ ތެރެއިން. މި ހެޔޮ ބަދަލަކީ ފަންޑު އުފެދުނުތާ 15 އަހަރު ފަހުން ގެނެވޭ އެންމެ ބޮޑު ހެޔޮ ބަދަލުތަކެެއް" މިނިސްޓަރު ވިދާޅުވި އެވެ.

އިސްލާމިކް މިނިސްޓްރީން ވަގުުފު ފަންޑުން ހޭދަކުރުމުގެ އުސޫލު ވެސް އެކުލަވާލައި ގެެޒެޓްކޮށް މިއަދުން ފެށިގެން އެ އުސޫލަށް އަމަލު ކުރަން ވަނީ ފަށައިފަ އެވެ.

އެ އުސޫލުގައިވާ ގޮތުން ވަގުފު ފަންޑު ބެލެހެއްޓުމާ ހަވާލުވާ ފަރާތަކީ އިސްލާމިކް މިނިސްޓަރެވެ. އަދި ހުރިހާ ހާލަތެއްގައި ވެސް ވަގުފު ފަންޑަށް ޒިންމާވާންޖެހޭ އެންމެ އިސް ފަރާތަކީ، އިސްލާމިކް މިނިސްޓްރީ އެވެ.

އުސޫލުގައި އިތުރަށް ބުނެފައިވާ ގޮތުން:

  • ފަންޑުގެ މަގުސަދުތައް ހާސިލު ކުރުމަށް ޓަކައި ސިޔާސަތުތައް ކަނޑައެޅުމަށާއި ނިންމުންތައް
    ނިންމުމަށް، ޓްރަސްޓް ސްޓޭޓްމަންޓުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ހަތް މެމްބަރުން
    ހިމެނޭ ފަންޑު ކޮމިޓީއެއް އުފައްދަން ވާނެ
  • ފަންޑު ކޮމިޓީގެ ސިޔާސަތުތަކާއި ނިންމުންތައް ތަންފީޒުކުރުމަށާއި، ފަންޑާ ގުޅޭ އެހެނިހެން
    މަސައްކަތްތައް ކުރުމަށް ފަންޑު މެނޭޖަރެއް ކަނޑައަޅަން ވާނެ
  • އަަހަރުން އަހަރުން ފަންޑު އޮޑިޓްކޮށް އަހަރީ ރިޕޯޓް ނެރެން ވާނެ
  • ފަންޑު އުވައިލަން ޖެހިއްޖެ ނަމަ، ފަންޑުގައިވާ ވަގުފު މުދަލާއި ފައިސާ، ޝަރުއީ ލަފާދޭ ކޮމިޓީގެ ލަފާގެ މަތިން، އެހެން ވަގުފަކަށް ނުވަތަ ވަގުފު ފަންޑަކަށް ބަދަލުކުރަން ވާނެ

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!