ވިޔަފާރި

ސީމެނުންނަށް ހިދުމަތް ދިނުމަށް ހާއްސަ ހިޔާއެއް ހުޅުވައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޓަރނޭޝަނަލް ސީމެނުން ނަށް ޚިދުމަށް ދިނުމަށް ”ސީމެންސް ރެސްޓް“ ގެ ނަމުގައި ޚާއްސަ ހިޔާ އެއް މިއަދު ހުޅުވައި ފިއެވެ.

Ads by MPL

ބައިނަލް އަގުވާމީ ކަސްޓަމަރުންނަށް ޚިދުމަތް ދިނުމަށް ކުރެވިފައިވާ އިންތިޒާމުގެ ތެރެއިން އުތުރު މެރިޓައިމް ސާވިސަސް އިން މިހިޔާ ހުޅުވާފައި ވަނީ އިހަވަން ދިއްޕޮޅުގައި ތައްޔާރު ކުރެވިފައިވާ، ’އިންޓަރނޭޝަނަލް ޝިޕް އެންޑް ޕޯޓު ސެކިއުރިޓީ ގޭޓު‘ ފެސިލިޓީ ކައިރީ ގައެވެ.

އިހަވަން ދިއްޕޮޅަށް ބަދަރު ކުރި ޓޭންކާގެ ކުރޫއިން ވަނީ މިހިޔާ ހުޅުވުމުގައި ބައިވެރިވެފައިވާއިރު، މިހިޔާއިން ސީމެނުންނަށް ކުޅިވަރު ކުޅުމާއި ރީޑިންގ ކޯނާ އަކާއި، ކޮފީ އަދި ސައި ފަދަ ތަކެތި ލިބުން ފަދަ ޚިދުމަތްތައް ލިބިގެންދާނެ އެވެ.

ހިޔާ ހުޅުވުމުގައި ބައިވެރިވި ޓޭންކާގެ ކައްޕި ބުނެފައިވާ ގޮތުގައި އޭނާގެ ސީމެންސް ގެ ލައިފުގެ ވޭތުވެ ދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މިއަދު އުތުރު މެރިޓސއިމް ސާވިސަސް އިން ލިބުނު ފަދަ ފުރިހަމަ ޚިދުމަތެއް ދުނިޔޭގެ އެއްވެސް ޕޯޓަކުން މިހާތަނަށް ލިބިފައެއް ނުވެ އެވެ.

މިއާއިއެކު މިހިޔާއިން ލިބުނު ހިދުމަތްތަކާއި މެދު ވަރަށް ބޮޑަށް ހިތްހަމަޖެހޭ ކަމަށް ބުނެ، ޓޭންކާގެ ކައްޕި ވަނީ އޭނާ އާއި ކުރޫއިންގެ ނަމުގައި  އުތުރު މެރިޓައިމް ސާވިސަސް އަށް ވަރަށް ބޮޑަށް ޝުކުރު އަދާ ކޮށްފަ އެވެ.

މިކަމާއި ގުޅޭގޮތުން އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ އެމްޕީއެލްގެ އަމާޒަކީ އުތުރު މެރިޓައިމް ސާވިސަސް އިން ދޭ ޚިދުމަތްތަކުގެ ފެންވަރު ރަގަޅު ކޮށް އިންޓަނޭޝަނަލް މާކެޓުގެ ބޮޑު ޝެއަރ އެއް ދިވެހި ރާއްޖެއަށް ހޯދުން ކަމަށެވެ.

މީގެއިތުރުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ރާއްޖޭގެ މެރިޓައިމް ޚިދުމަތް ފުޅާ ކުރައްވައި، މިދާއިރާއިން އިގުތިސާދަށް ބޮޑު މަންފާއެއް ހޯއްދަވާ ދެއްވުމަށް ފެއްޓެވި މަސައްކަތްޕުޅުގެ ހެޔޮ ނަތީޖާ މިހާރު ފެންނަމުންދާކަމަށް ވެސް ވަޖީހު ވިދާޅުވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!