Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ސަރުކާރު

ވަކިކުރުމަށް ނިންމި ދެ ފަނޑިޔާރުންގެ ސިޓީއެއް ލިބުމުން ކޮމިޓީން އެކަން ބަލަނީ

ވަކިކުރުމަށް ނިންމި ދެ ފަނޑިޔާރުންގެ ސިޓީއެއް ލިބުމުން ކޮމިޓީން އެކަން ބަލަނީ

ފަނޑިޔާރުކަމުން ވަކިކުރުމަށް ޖުޑީޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ)އިން ނިންމައިފައިވާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބްދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދުގެ ސިޓީއެއް އެ މައްސަލަ ދިރާސާކުރާ ޖުޑީޝަލް ކޮމިޓީއަށް ލިބިފައިވާތީ އެކަން އިތުރަށް ސާފުކުރުމަށް ކޮމިޓީން ނިންމައިފިއެވެ.

ކޮމިޓީއަށް ދެ ފަނޑިޔާރުން ފޮނުވި ސިޓީީގައި ވަނީ ފްލެޓް ލިބުނު އެހެން ފަނޑިޔާރުން ޝަރަފްވެރިކަމާ އެކު ރިޓަޔަރވުމުގެ ފުރުޞަތު ދެއްވައިފައިވާ ކަމަށެވެ. އަދި އެ މައްސަލަ ބެއްލެވި ޖޭއެސްސީގެ ކޮމިޓީން ރިޕޯޓަށް ބަދަލުތަކެއް ގެންނަވައިފައިވާކަމުގެ ޝަކުވާ ވެސް ފަނޑިޔާރުންގެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މި ދެ ފަނޑިޔާރުން ވަކި ކުރުމަށް ޖޭއެސްސީން ނިންމައިފައި ވަނީ ސަރުކާރުން ފަނޑިޔާރުންނަށް ދޫކުރި ފްލެޓުތަކެއް މި ދެ ފަނޑިޔާރުން ނެންގެވީ ޤާނޫނުއަސާސީގެ 152ވަނަ މާއްދާއާ ޚިލާފަށްކަމަށް ތުހުމަތުކޮށް ހުށަހެޅި މައްސަލައެއް ބެއްލެވުމަށް ފަހުއެވެ.

Advertisement
Ooredoo — Square (box)

މިމައްސަލައިގައި ފަނޑިޔާރުންނަށް ވަނީ ސަރުކާރުން ދޫކުރި ފްލެޓްތަކެއް ޚާއްޞަ އަގުތަކެއްގައި ބައްލަވައިގަނެފައިވާކަމުގެ ތުހުމަތުކޮށްފައެވެ.

ޖޭއެސްސީން ވިދާޅުވީ ހައިކޯޓުގެ ފަނޑިޔާރުންނަށް ސަރުކާރުން ދެއްވި ފްލެޓްތަކަކީ ޤާނޫނުއަސާސީގެ 152 ވަނަ މާއްދާއާ ޚިލާފަށް، ރައްޔިތުންގެ މަޖިލީހުގެ އެއްވެސް ދައުރެއް ނެތި އެ މަޖިލީހުގެ އެއްވެސް ކަނޑައެޅުމެއް ނެތި ސީދާ ސަރުކާރުން ފަނޑިޔާރުންނަށް ދިން ޢިނާޔަތެއްކަމަށެވެ.

އެ ފްލެޓްތަކާ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު ޢަބުދުއްރައޫފް އިބްރާހީމާއި ފަނޑިޔާރު އަލްއުސްތާޛު ޢަބްދުﷲ ޙަމީދު ހަވާލުވުމަކީ ޤާނޫނު އަސާސީއާ ޚިލާފު ޢަމަލެއްކަމަށް ޖޭއެސްސީން ވިދާޅުވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް