ޚަބަރު

ޕާކިސްތާނުގައި ގޭންގް ރޭޕްގެ މައްސަލަތައް ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންދޭ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޕާކިސްތާނުގައި ގޭންގް ރޭޕްގެ މައްސަލަތައް އަލަރމިންގ ލެވެލްއަކަށް އިތުރުވަމުންދާކަމަށް ރިޕޯޓުތަކުން ދައްކައިފިއެވެ. މިކަން ހާމަވެފައިވަނީ ޕޭޖް 3 ނިއުސް ތައި އިން ޝާއިޢުކޮށްފައިވާ ރިޕޯޓެއްގައެވެ.

Ads by MPL

ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ޕާކިސްތާނުގެ އެކި ސަރަޙައްދުތަކުގައި ގޭންގް ރޭޕްގެ ހާދިސާތައް އިތުރުވަމުންދާކަމަށް ފެންނަމުންދެއެވެ. މި ކުށްތަކުގެ ޝިކާރައަކަށްވަމުންދަނީ ގިނައިން އަންހެނުންނާއި ކުޑަކުދިންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

ޕާކިސްތާނުގެ ޤާނޫނު ތަންފ ތަންފީޒުކުރާ އިދާރާތަކުން މިކަމާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، މިފަދަ ކުށްތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތަކެއް އަޅަމުންދާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް، މި ކުށްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އެކަށީގެންވާ ރައްކާތެރިކަމާއި އެހީތެރިކަން ފޯރުކޮށްދިނުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭކަމަށް ހިއުމަން ރައިޓްސް ޖަމްޢިއްޔާތަކުން ގޮވާލައިފައިވެއެވެ.

މި ހާދިސާތަކުގެ ސަބަބުން ޕާކިސްތާނުގެ މުޖުތަމަޢުގައި ބިރުވެރިކަން އުފެދި، އަންހެނުންނާއި ކުޑަކުދިންގެ ރައްކާތެރިކަމާމެދު ކަންބޮޑުވުންތައް އިތުރުވެފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިކަމާ ގުޅިގެން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅައި، ކުށްވެރިންނަށް ހަރުކަށި އަދަބު ދިނުމަށް ގިނަ ފަރާތްތަކުން ގޮވާލަމުންދާކަމަށްވެސް ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!