ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި

ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު ޒަހަމްކޮށްލައިފި އެވެ.
ފުލުހުން މީޑިއާތަކާ މިއަދު ހިއްސާކުރި މެސެޖުގައި ބުނީ މިއަދު މެންދުރު 03:30ކަންހާއިރު މާފަންނު ކެފޭއެއްގެ ތެރޭގައި ތޫނު އެއްޗަކުން މާރާމާރީ ހިންގި މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ މާރާމާރީގައި އަނިޔާވި 22 އަހަރުގެ ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދާކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލަ އިތުރަށް މިހާރު ތަހުގީގުކުރަމުންދާ ކަމަށެވެ..

Ads by Allied Insurance