ޚަބަރު

15 ރަށެއްގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ހައުސިން ޔުނިޓުތަކެެއް: ތަރުތީބު ޔުނިޓުތަކަށް އިތުރު ފުރިހަމަ ކަމެއް ގެނުވަނީ އިމާރާތްތަކުގައި ލާފައިވާ ފެހި ކުލައިން. ފެހި ކުލައަކީ ރަށަށް ހާއްސަ ކުލައެއް ފަދަ.

ޑިޒައިން އެންޑް ބިލްޑް އުސޫލުން 15 ރަށެއްގައި ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާންކޮށްފި އެވެ.

Ads by STELCO

ފިނޭންސް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ އެ މަސައްކަތްތަކަށް ޕްރީކޮލިފައިވުމަށް ކުރިމަތިލުމުގެ ފުރުސަތު އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް މިއަދު ހުޅުވާވެސްލައިފަ އެވެ.

ފިނޭންސް މިނިސްޓްރީން ބޮޑަށް ހުޅުވާލީ 100 ހައުސިން ޔުނިޓްތައް އަޅައިދޭނެ ފަރާތެއް ހޯދުމަށެވެ. އެގޮތުން 12 ރަށެއްގައި އެ އަދަދަށް ހައުސިން ޔުނިޓް އަޅަން ހުޅުވާލި އެވެ.

އޭގެ ތެރޭގައި ހިމެނެނީ އައްޑޫ ސިޓީގެ މީދޫ، ހުޅުދޫ،  މަރަދޫ ، މަރަދޫ ފޭދޫ، ގދ. ގައްދޫ،ތ. ވިލުފުށި، ޅ. ހިންނަވަރު، ބ. ތުޅާދޫ، ރ. އިނގުރައިދޫ، ރ. މަޑުއްވަރި، ނ.ކެނދިކުޅުދޫ އަދި ހދ. މަކުނުދޫ ހިމެެނެ އެވެ.

އޭގެ އިތުރުން ހއ. އިހަވަންދޫގައި 200 ހައުސިން ޔުނިޓް، މ. ދިއްގަރުގައި 75 އަދި ހދ.ނެއްލައިދޫގައި 60 ހައުސިން ޔުނިޓް އަޅަން ވެސް ހުޅުވާލި އެވެ.

އެ ހައުސިން ޔުނިޓްތައް އަޅަން ޕްރީކޮލިފިކޭޝަނުގައި ބައިވެރިވުމަށް  1500 ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުންޏެވެ.

"ޕްރީކޮލިފިކޭޝަން އެޕްލިކޭޝަން ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 12 މެއި 2025ވާ  ހޯމަ ދުވަހުގެ މެންދުރު 13:00ގެ ކުރިން ނެވެ. އަދި މި އެޕްލިކޭޝަންތައް ހުޅުވުން އޮންނާނީ 13 މޭ 2025ވާ އަންގާރަ ދުވަހުގެ 10:00 ގަ އެވެ" ފިނޭންސްއިން މިއަދު ކުރި އިއުލާންގައި ބުނެފައިވެ އެވެ.

Ads by Allied Insurance