ދުނިޔެ

 އިންޑަސް ވޯޓަރ ޓްރީޓީ ހުއްޓާލުމަކީ ޤާނޫނީ އަދި އަޚްލާޤީ ގޮތުން ރަނގަޅު ކަމެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑަސް ވޯޓަރ ޓްރީޓީ (އައި.ޑަބްލިއު.ޓީ) ހުއްޓާލުމަކީ ޤާނޫނީ އަދި އަޚްލާޤީ ގޮތުން ރަނގަޅު ކަމެއްކަމަށް އިންޑިއާގެ ތަޙްލީލުވެރިން ބުނެފައިވެއެވެ. އިންޑިއާއިން ފެން ހަތިޔާރަކަށް ބަދަލުކުރަނީ ނޫންކަމަށާއި، އެ ޤައުމުން ކުރަމުން އައި ހެޔޮ އަމަލެއް ހުއްޓާލަނީ ކަމަށް ވެސް ބުނެފައިވެއެވެ.

Ads by MPL

އިންޑިއާގެ ނޫހެއް ކަމަށްވާ "ދަ ޕްރިންޓް" ގައި ޝާއިޢުކޮށްފައިވާ މަޢުލޫމާތުގެ މައްްޗަށް ބިނާކޮށް، އިންޑިއާއިން އައި.ޑަބްލިއު.ޓީ ހުއްޓާލުމަށް ނިންމާފައިވަނީ ޕާކިސްތާނުން އެ އެއްބަސްވުމާ ޚިލާފުވަމުންދާތީ ކަމަށް ބުނެފައިވެއެވެ. މި އެއްބަސްވުމުގެ ދަށުން އިންޑިއާއިން ޕާކިސްތާނަށް ބޮޑެތި އަދަދުތަކުން ފެން ދޫކުރަމުން ދިޔަ ކަމަށާއި، އެހެންނަމަވެސް ޕާކިސްތާނުން އެއްބަސްވުމުގެ ޝަރުތުތަކާ ޚިލާފުވަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

އިންޑިއާގެ ބައެއް މާހިރުން ބުނާ ގޮތުގައި، އައި.ޑަބްލިއު.ޓީ ހުއްޓާލުމަކީ އިންޑިއާގެ ޤައުމީ މަސްލަހަތު ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. އަދި މިކަމުގެ ސަބަބުން އިންޑިއާއަށް އިތުރު ވަސީލަތްތައް ލިބި، އެ ޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް މަގުފަހިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.

އެހެންނަމަވެސް، މި ނިންމުމާ ގުޅިގެން ޕާކިސްތާނުން ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށާއި، މިކަމުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމަށް އަސަރުކުރާނެ ކަމަށް ބައެއް ސިޔާސީ ތަޙްލީލުވެރިން ބުނެފައިވެއެވެ. އަދި މި މައްސަލަ ހައްލުކުރުމަށް ބައިނަލްއަޤްވާމީ މެދުވެރިކަން ބޭނުންވެދާނެ ކަމަށް ވެސް ލަފާކުރެވެއެވެ.

އިންޑަސް ވޯޓަރ ޓްރީޓީއަކީ 1960 ވަނަ އަހަރު އިންޑިއާ އާއި ޕާކިސްތާނާ ދެމެދު ވެވުނު އެއްބަސްވުމެކެވެ. މި އެއްބަސްވުމުގެ ދަށުން އިންޑަސް ކޮށީގެ ފެން ބެހުމުގެ އުސޫލުތައް ކަނޑައަޅާޅާފައިވެއެވެ. މިހާރު މި އެއްބަސްވުން ހުއްޓާލުމަށް އިންޑިއާއިން ނިންމާފައިވާ ނިންމުމަކީ އެ ސަރަހައްދުގެ ސިޔާސީ އަދި އިޤްތިޞާދީ ވެށްޓަށް ބޮޑު ބަދަލެއް ގެނެސްފާނެ ކަމެއް ކަމަށް ބެލެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!