ލައިފްސްޓައިލް

ދަތް އުނގުޅަނިކޮށް ދިރުވާލެވުނީ ބުރުސް، ދެން ޖެހުނީ ސާޖަރީ ކުރަން!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

އަރްނާޗަލް ޕްރަދޭޝް،އިންޑިއާ: ދަތް އުނގުޅަނިކޮށް ، ދަތް އުނގުޅާ ބުރުސް ދިރުވާލެވުނު މީހެއްގެ ސާޖަރީކޮށް ބުރުސް ނަގައިފިއެވެ.

Ads by STELCO

އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި 39 އަހަރުގެ ފިރިހެނަކަށް ބުރުސް ދިރުވާ ލެވުނީ މިމަހުގެ 15 ވަނަ ދުވަހުއެވެ.

އާއިލާ މީހުންނާ ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ ބުރުސް ދިރުވާ ލެވުމުން ވަގުތުން ހޮސްޕިޓަލަށް ގޮސް އެކްސްރޭއެއް ނެގި ކަމަށެވެ. އަދި އެކްސްރޭއިން ބުރުސް ފެންނަން ނެތުމުން ލެޕްރޮޓޮމީ ޓެސްޓެއް ހެދި ކަމަށް ޚަބަރުތައް ބުނެއެވެ. ބުރުސް ދިރުވާލެވުނު ނަމަވެސް ބަނޑަށް ތަދުވުން ފިޔަވައި އިތުރު އުނދަގުލެއް އޭނާއަށް ވެފައި ނުވާކަމަށް ޚަބަރުތައް ބުނެއެވެ. ނަމަވެސް ހާދިސާ ދިމާވި މީހާގެ ހާލަތު ގޯސް ވެދާނެ ކަމަށް ބަލައި ޑޮކްޓަރުން ސާޖަރީ ކުރަން ނިންމީ ކަމަށް އެ ސާޖަރީގައި އިސްކޮށް ހަރަކާތްތެރިވި ޑޮކްޓަރު ބުނެފައިވެއެވެ.

މި ހާދިސާ ހިނގިތާ ހަފްތާއެއް ވެގެން ދިޔަ ނަމަވެސް ، ސާޖަރީގެ މައުލޫމާތު ހޮސްޕިޓަލުން މީޑިއާތަކަށް މިއަދު ދިނުމާއެކު އިންޑިއާގެ މީޑިއާގެ އިތުރުން އެހެން މީޑިއާތަކަށް ވެސް މި ޚަބަރުގެ ސަމާލުކަން އައިސް މި ވާހަކަ ވަނީ ވައިރަލް ވެފައެވެ.

މި ޚަބަރާއި ގުޅިގެން މީސްމީޑިއާގައި ޚިޔާޅު ފާޅު ކުރި މީހަކު ވަނީ ދަތް އުނގުޅާ ބުރުސް ދިރުވާލެވޭތޯ ބުނެ ސުވާލު އުފައްދާފައެވެ. އެހެން މީހަކު ބުނެފައި ވަނީ ދިގު ބުރުހެއް އެހާ ފަސޭހައިން ދިރުވާލެވުނީ ކިހިނެއްތޯ ސުވާލު ކޮށްފައެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!