ރިޕޯޓް

ހަނދު ފެންނާނީ ފިޔާތޮށި ކުލައަކަށް ނޫން، އެއީ ހަމައެކަނި ނަމެއް

ދެން އެމްވީ ، ދެން އޮންލައިން

މޫސުމާ ބެހޭ އެކި އިދާރާތަކުން މިރޭ ފެންނާނެ ކަމަށް ލަފާކޮށްފައިވާ ' ޕިންކް މޫން' އަކީ މި އަހަރު ފެންނާނެ އެންމެ ރީތި ސުޕަރ މޫން އެވެ. މިރޭ މެންދަމު 3:35 ގައި މި ހަނދު ދުނިޔޭގެ އެކި ހިސާބުތަކަށް ފެންނާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

Ads by MWSC

ނަމަވެސް މި މާހަނދަށް ކިޔާ ނަމާއި ހިލާފަށް މި ހަނދު ފެންނާނީ ފިޔާތޮށި ކުލައިގައެއް ނޫނެވެ.ޕިންކް މޫން އޭ މި ހަނދަށް ކިޔައި އުޅެނީ ބަހާރު މޫސުމުގައި އުތުރު އެމެރިކާގައި ފޮޅޭ ޕިންކް ނުވަތަ ފްލޮކްސް މަލާއި ގުޅުވައިގެންނެވެ.

މި ހަނދަށް އިތުރު ފުރިހަމަ ކަމެއް ގެނުވަނީ ކޮވިޑް19 އާއި ގުޅިގެން ޖައްވު ސާފުވެ ހަނދު އަލިގަދަވެފައި ފެންނަލެއް ބޮޑުވާނެތީ ކަމުގައި ކަމާބެހޭ މާހިރުން ބުނެއެވެ.

ސުޕަރ މޫން ނުވަތަ މާހަނދޭ ކިޔަނީ، ބިމުގެ ވަށައިގެން ހަނދު ދައުރު ކުރަމުންދާ ދިއުމުގައި ބިމާ ހަނދާ އެންމެ ކައިރީގައި ވާ ދުވަހު ފުރިހަމަ ހަނދެއް (ފުލް މޫން އެއް) ފެންނަ ގޮތް ވުމެވެ. ހަނދު ބިމުގެ ވަށައިގެން ދަތުރުކުރާ ކުރުމުގައި، ހަނދު ބިމާ ވަރަށް ކައިރީގައި ހުންނަ ވަގުތަކާއި، ހަނދު ބިމާ ވަރަށް ދުރުގައިވާ ވަގުތެއް އާދެއެވެ. ހަނދު ބިމާ އެންމެ ކައިރީގައި ހުންނަ ވަގުތަށް ކިޔަނީ [ޕެރިޖީ] އެވެ. ހަނދު ބިމާ އެންމެ ދުރުގައި ހުންނަ ވަގުތަށް ކިޔަނީ [އެޕޮޖީ] އެވެ.

ބިމާއި ހަނދާ ދެމެދުގައިވާ އެވްރެޖް ދުރުމިނަކީ 238,000 މޭލެވެ. ހަނދު ޕެރިޖީގައި ހުންނައިރު ބިމާ 223,000 މޭލު ކައިރިއަށް އާދެއެވެ. ހަނދު އެޕޮޖީގައި ހުންނަ ވަގުތު ހަނދު ހުންނާނީ 253,000 މޭލު ދުރުގައެވެ.

ފަލަކީ އިލްމުވެރިން ބުނާގޮތުގައި މިއަހަރަކީ މިކަހަލަ ހަދުކޭތަތަކުގެ ނުވަތަ މާހަނދުގެ ފޯވަހިތަކެއް އަންނަ އަހަރެކެވެ. ހަނދު ބޮޑުވާ ދުވަސްވަރު ތިންމާހަނދު މިއަހަރު ފެންނާނެއެވެ. އެއީ މާޗު މަހުގެ9ވަނަ ދުވަހުގެ ރޭ ފެނުނު މާ ހަނދާއި ، މިރޭ އަދި މެއި 7ވަނަ ދުވަހުގެ ރޭ ފެންނާނެ ކަމަށް ލަފާކޮށްފައިވާ މާހަނދެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!