ޚަބަރު

އިމިގްރޭޝަނަށް 50 އޮފިސަރުން ނަގަން ވޯކިން އިންޓަވިއު ހޮނިހިރު ދުވަހު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
އިމިގްރޭޝަނުގެ އޮފިސަރަކު ހިދުމަތް ދެނީ / ފޮޓޯ:އިމިގްރޭޝަން

މޯލްޑިވްސް އިމިގްރޭޝަންގެ ވަޒީފާއަށް 50 އޮފިސަރުން ހޯދަން ވޯކިން އިންޓަވިއު އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

Ads by STELCO

އިމިގްރޭޝަނުން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ ވޯކްއިން ޖޮބް އިންޓަވިއު އޮންނާނީ ހޮނިހިރު ދުވަހު ހެނދުނު 9 އިން 5 އަށް ކަމަށެވެ. އިންޓަވިއު ކުރިއަށްދާނީ ގަލޮޅު ސްކޫލުގަ އެވެ.

އިމިގްރޭޝަންގެ ޓްރެއިނީ އޮފިސަރުން ނެގުމުގައި ބަލާނެ ޝަރުތުތައް:

  • ސާނަވީ ނުވަތަ ސެކަންޑަރީއާ އެއްވަރުގެ އިމްތިހާނުން ދެ މާއްދާއިން މަދުވެގެން "ޑީ" ގްރޭޑެއް ހާސިލްކޮށްފައިވުމާއެކު ސެކަންޑަރީ ނުވަތަ ހަޔާ ސެކަންޑަރީ ސްކޫލް ސެޓްފިކެޓްގައި މަދުވެގެން ދިވެހި ބަހުން "ސީ" ގްރޭޑެއް ހާސިލްކޮށްފައިވުން؛ ނުވަތަ އެމްއެންކިއުއެފް ލެވެލް 3 ސެޓްފިކެޓް ފުރިހަމަކޮށްފައިވުން.
  • އިއުލާނުކުރާ މުއްދަތު ހަމަވުމުގެ ކުރިން އުމުރުން 40 އަހަރުން ދަށުގެ މީހަކަށްވުން

ވޯކިން އިންޓަވިއުއަށް ގެންދަން ޖެހޭ ލިޔެކިޔުންތައް

  • ޖޮބް އެޕްލިކޭޝަން ފޯމް
  • ތައުލީމީ ސެޓްފިކެޓްތަކުގެ އޮރިޖިނަލް އާއި ކޮޕީ
  • ސީވީ
  • އައިޑީ ކާޑުގެ ކޮޕީ

އިމިގްރޭޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިއީ އެ އިދާރާއިން ބާއްވާ ފުރަތަމަ ވޯކިން އިންޓަވިއު ކަމަށެވެ. މިހާތަނަށް އޮފިސަރުން ނަގަމުން އައީ އެޕްލިކޭޝަންތައް ހުށަހަޅައިގެން ރިވިއުކޮށް އެއަށް ފަހު އިންޓަވިއު ކުރުމަށް ފަހު އެވެ.

Ads by HDC