ޚަބަރު

މުލި-ނާލާފުށި ކޯޒްވޭގެ އަމަލީ މަސައްކަތް ފަށައިފި

. ، ދެން އޮންލައިން
މުލި-ނާލާފުށި ކޯޒްވޭގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން/ ފޮޓޯ: ރައީސް އޮފީސް

މ. މުލި އާއި އެ އަތޮޅު ނާލާފުއްޓާ ދެމެދު ކޯޒްވޭ އެޅުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފި އެވެ.

Ads by STELCO

އެ މަސައްކަތް ފައްޓަވައިދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.

މި ކޯޒްވޭ އެެޅުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ އޮގަސްޓު 30، 2023 ގަ އެވެ.

މަޝްރޫއުގެ ދަށުން ކޯޒްވޭގެ މަގުތައް ހަދައި ތާރު އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި 112 މީޓަރުގެ ރިވެޓްމަންޓް އަދި 15 މީޓަރުގެ ގްރޮއިން ޖަހާނެ އެވެ. ގާތްގަނޑަކަށް 125.5 މިލިއަން ރުފިޔާ އަށް މި މަސައްކަތް ހަވާލުކުރީ 600 ދުވަހުން ނިންމާ ގޮތަށެވެ.

މުލީ އެއާޕޯޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވިދާޅުވީ ކޯޒްވޭ އަކުން ގުޅުވާލެވުމުން ދެ ރަށަށްވެސް އޭގެ ފައިދާކުރާނެ ކަމަށެވެ. އެކަމަކު އެންމެ ބޮޑަށް އޭގެ ފައިދާކުރާނީ ނާލާފުއްޓަށް ކަމަށް ރައީސް ވިދާޅުވި އެވެ. އެ 600 ދުވަހަށްވުރެ އަވަހަށް ނިމޭނެކަމަށް ރައީސް ވިދާޅުވި އެވެ.

Ads by Ooredoo