އުތުރުގެ އަތޮޅުތަކަށް ވައިޓް އެލާޓް

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅަށް ނެރުނު ވައިޓް އެލާޓް ދަންމާލައިފި އެވެ.
މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސް( މެޓް) އިން މިއަދު "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ސަރަހައްދުތަކަށް ކަނޑުގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މެޓް އޮފީހުން ބުނީ އުތުރަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފަ އެވެ.
އުތުރުގެ އަތޮޅުތަކަށް އިއްޔެ ވައިޓް އެލާޓް ނެރުނީ އިއްޔެ އިރުއޮއްސި ހަތެއް ޖެހުމާ ހަމަޔަށެވެ. އެ އެލާޓް މިހާރު ވަނީ މިއަދު މެންދުރު ދޭއް ޖެހުމާ ހަމަޔަށް ދަންމާލާފަ އެވެ.

Ads by Ooredoo