ދުނިޔެ

"ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާގެ މައުގަފު ފެތުރުމުގައި އަޅުގަނޑުމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން": އޮލް ޕާޓީ ޑެލިގޭޝަންގެ މެންބަރު ކުރުޝިދު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑިއާގެ އޮލް ޕާޓީ ޑެލިގޭޝަންގެ މެންބަރެއް ކަމުގައިވާ ސަލްމާން ކުރުޝިދު ވިދާޅުވެފައިވަނީ ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާގެ މައުގަފު ފެތުރުމުގައި އެ ޤައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކެއް އެއްބައިވަންތަކަމާއެކު މަސައްކަތްކުރާ ކަމަށެވެ.

Ads by MPL

އިންޑިއާގެ ޕާލިމެންޓްގެ މެންބަރުންގެ ވަފުދެއް މިހާރު ދަނީ ރާއްޖޭގެ ދައުލަތުގެ އިސްވެރިންނާ ބައްދަލުކުރަމުންނެވެ. މި ދަތުރުގައި އެ ޤައުމުގެ އެކި ސިޔާސީ ޕާޓީތަކުގެ މެންބަރުން ހިމެނެއެވެ. މި ވަފުދުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ކުރުޝިދު ވިދާޅުވީ، ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާގެ މައުގަފު ފެތުރުމަކީ އެ ޤައުމުގެ ހުރިހާ ސިޔާސީ ޕާޓީތަކެއްގެ އެއް އަމާޒެއް ކަމަށެވެ.

"އަޅުގަނޑުމެން މިތަނަށް އައިސްފައި މިތިބީ އެއް އަޑަކުން ވާހަކަ ދެއްކުމަށް. ޓެރަރިޒަމްއާ ދެކޮޅަށް އިންޑިއާގެ މައުގަފު ފެތުރުމުގައި އަޅުގަނޑުމެން އެއްބައިވަންތަކަމާއެކު މަސައްކަތްކުރަން،" ކުރުޝިދު ވިދާޅުވިއެވެ.

މި ވަފުދުން ވަނީ ރައީސުލްޖުމްހޫރިއްޔާ މުޢިއްޒު އިބްރާހީމް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުންތަކުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި، ސަރަޙައްދީ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށް ބެލެވެއެވެ.

އިންޑިއާގެ މި ވަފުދުގެ ދަތުރަކީ ދެ ޤައުމުގެ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ހަރުދަނާކޮށް، ސަރަޙައްދުގެ ސުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން ކުރެވޭ ދަތުރެއް ކަމަށް ފާހަގަކުރެވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!