ޚަބަރު

ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯގެ ބައްދަލުވުމެއް

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯގެ ބައްދަލުވުމުގެ ތެރެއިން

ރާއްޖެއާއި އިންޑިއާގެ ހައިލެވެލް ކޯ ގްރޫޕްގެ ދެވަނަ ބައްދަލުވުން މިއަދު އިންޑިއާގެ ނިއުދިއްލީގައި ބާއްވައިފި އެވެ.

Ads by STELCO

އެ ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގައި އިސްކޮށް ހުންނެވީ  ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލް އެވެ.

މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން ދެ ގައުމު ދެމެދު އެކުލަވާލެވުނު ތަަަސައްވަރު، 'އަ ވިޝަން ފޯ ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕް' ގެ ތެރެއިން އުފެދިފައިވާ އަދި އެ ތަސައްވަރުގެ އެންމެހައި ކަންކަންކުރިއަށް ގެންދިއުމާގުޅޭ ގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުން ތަކެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެގޮތުން ޖަނަވަރީ 29 ގައި ރާއްޖޭގައި ބޭއްވުނު ފުރަތަމަ މަޝްވަރާތަކުގައިކަނޑައެޅުނު ލަޑުދަނޑިތަކުގެ މައްޗައް ބަލައި، އެކަންކަން ވަޒަންކޮށް ދަތުރުފަތުރުގެ ނިޒާމު، ދަނޑުވެރިކަން، މަސްވެރިކަން، އިގުތިސާދީ، ސިއްހީ، އަދި ދިފާއީ އަދި މެރިޓައިމް ދާއިރާ ހިމެނޭހެން މުހިއްމު އިތުރު ކަންކަން ކުރިއަށް ގެންދިއުމަށް މިއަދުގެ ބައްދަލުވުމުގައި ވެސް ނިންމިކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މިއަދުގެ ބައްދަލުވުމުގައި ސަރުކާރުގެ އެކި ވުޒާރާތައް ހިމެނޭ އިސް ވަފުދެއް ބައިވެރިވެވަޑައިގަތެވެ. އޭގެ ތެރޭގައި، ރައީސް އޮފީސް، ފޮރިން މިނިސްޓްރީ، ޑިފެންސް މިނިސްޓްރީ، ހައުސިން މިނިސްޓްރީ, ފިނޭންސް މިނިސްޓްރީ އަދި ހޯމް މިނިސްޓްރީ ހިމެނެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!