Wednesday, 28 October 2026
Advertisement
HDC — Share-Below (leaderboard)
ސިޔާސީ

ބޭކާރު ދަތުރުތައް ހުއްޓައިލާ, ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ނަމޫނާ ދައްކަވާ: އާދަމް ޝަރީފް

ބޭކާރު ދަތުރުތައް ހުއްޓައިލާ, ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ނަމޫނާ ދައްކަވާ: އާދަމް ޝަރީފް
ދުނިޔޭގެ އިޤްތިޞާދަށް އަންނަ ބަދަލުތަކާ ގުޅިގެން އާއްމުން އިޤްތިޞާދުކުރަން ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު އިލްތިމާސް ކުރެއްވުމުން، މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ރައީސްއަށް ރައްދު ދެއްވައިފިއެވެ. ރައީސްގެ ވާހަކަފުޅަށް ރައްދު ދެއްވައި އާދަމް ޝަރީފް ވިދާޅުވީ، ފުރަތަމަ ކުރަންވީ ކަމަކީ ސަރުކާރުގެ ޚަރަދުތައް ކުޑަކޮށް ރައްޔިތުންނަށް ނަމޫނާ ދެއްކުން ކަަމަށެވެ. މިގޮތުން ސަރުކާރުންކުރާ ބޭކާރު ދަތުރުތައް ހުއްޓައިލާން އާދަމް ޝަރީފް ވަނީ ގޮވައިލައްވައިފައެވެ.
ދައުލަތުގެ ވެރިންތަކެއް ރަމަޟާން މަހު ވެސް ޔޫކޭއަށް ދަތުރު ކުރީ ފަސްޓު ކުލާހުގައި. މިފަދަ ކަންކަން ހުއްޓައިލައިފައި، ރިކަރަންޓު ޚަރަދުތައް ކުޑަކުރަން ޖެހޭ. އާދަމް ޝަރީފް
ދުނިޔޭގެ އިޤްތިޞާދީ ޙާލަތަށް އަންނަ ބަދަލުތަކާ އެކު ރާއްޖޭގައި ވެސް ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިގެންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މި ހާލަތު އިތުރަށް ގޯސްވެދާނެކަމުގެ އިންޒާރު އިޤްތިޞާދީ ދާއިރާގެ މާހިރުން އަންނަނީ ދެމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް