މުނިފޫހިފިލުވުން

ކޯވިޑް19: ރިތިކް ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމުގައި

ދެން އެމްވީ ، ދެން އޮންލައިން

ކޯވިޑް 19 ހަލުވިކަމާއިއެކު ފެތުރެމުން ދާ މިދަނޑިވަޅުގައި ހާލުގައި ޖެހި، ކާނެތަކެތި ނުލިބޭ މީހުންނަށް ކާނާ ފޯރުކޮށްދިނުމަށް 1.2 ލައްކަ އިންޑިއަން ރުޕީސް ދިނުމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލް ރިތިކް ރޯޝަން ނިންމައިފިއެވެ.

Ads by STELCO

އިންޑިއާގައި ބަނޑުހައި ހޫނުކަމުގައި ދިރިއުޅޭ އާއްމުންނަށް އެހީތެރިވުމަށް ރިތިކް ނިންމާފައިވަނީ، އެގައުމުގެ އެންޖިއޯ އެއް ކަމަށްވާ އަކާޝާ ޕަތްރާ އާއި ގުޅިގެންނެވެ. ހާލުގައި ޖެހިފައި ތިބި އާއްމު ރައްޔިތުންނަށް ކާބޯތަކެތި ފޯރުކޮށްދިނުމަށް ރިތިކް އެހީތެރިކަން ފޯރުކޮށްދިނުމުން އެ އެންޖިއޯއިން ވަނީ ޓްވީޓެއް ކޮށް ރިތިކްއަށް ޝުކުރު އަދާކޮށްފައެވެ.

އެގޮތުން އެ ޓްވީޓްގައި ބުނެފައިވަނީ ރިތިކް ހާލުގައި ޖެހިފައިވާ މީހުންނަށް ކާނާ ފޯރުކޮށްދިނުމަށް 1.2 ލައްކަ ރުޕީސް ހަދިޔާ ކުރުމުން ވަރަށް ބޮޑަށް ޝުކުރު ދަންނަވާ ކަމަށާއި، ރިތިކް ދިން އެހީތެރިކަމުގެ ސަބަބުން އޭނާއަށް ސެލިއުޓް ކުރާ ކަމަށެވެ. އެންޖިއޯއިން ކުރި ޓްވީޓަށް ޖަވާބު ދެމުން ރިތިކް ބުނީ، ރައްޔިތުންގެ ލާބައަށް މަސައްކަތް ކުރާ ހުރިހާ އެންޖިއޯތަކެއްގެ އަގުވަޒަން ކުރާ ކަމަށާއި، އެމީހުންނަކީ ހަގީގީ ހީރޯއިން ކަމަށެވެ.

މިހާތަނަށް ކޯވިޑް 19 އާއި ދެކޮޅަށް ހަނގުރާމަ ކުރުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ތަރިންގެ ތެރޭގައި ވިކީ ކޯޝަލްއާއި ހެމާ މާލިނީއާއި އޭނާގެ ދޮންދަރި ސަނީ ޑިއޯލްއާއި އަކްޝޭ ކުމާރާއި ވަރުން ދަވަންއާއި މަޝްހޫރު ކޮމީޑިއަން ކަޕިލް ޝަރުމާއާއި ޕްރިޔަންކާ ޗޮޕްރާއާއި، ކަރީނާ ކަޕޫރާއި، އަނުޝްކާ ޝަރުމާ ހިމެނެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!