ދުނިޔެ

ކުޑަކުޑަ ބިއްލޫރިކޮޅެއް ކަމަށް ހީކޮށް މީހަކު ހޮވި އެތިކޮޅެއް، ރަނގަޅަށް ބެލިއިރު އެތައް މިލިއަންގެ އަގުހުރި އެއްޗެއް

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ނަސީބަކީ ކަތީބުދޭ އެއްޗެއް ނޫނޭ ބުނާ އަޑު އަހަމުއެވެ. އެހެން ނަމަވެސް މި މީހާއަށް މި ލައްވާލި ނަސީބަކީ ދުނިޔެއިން މީހަކަށް ލިބޭނެ ހާދަހާ ބޮޑު ނަސީބެކެވެ. ނެގީ ބިއްލޫރިކޮޅެއް ކަމަށް ހީކޮށެވެ. އެކަމަކު ހަގީގަތުގައި އެއީ ޖަވާހިރެކެވެ. އަދި އެވަރުން ފުދުނީއެއް ނޫނެވެ. މި ޖަވާހިރަކީ އެޕާކުން މިހާތަނަށް ހޮވި ދެވަނައަށް އެންމެ ބޮޑު ޖަވާހިރެވެ.

Ads by Sosun Fihaara

މިއީ އިނގިރޭސި ވިލާތައް އުފަން “ކެވިން ކިނާރޑް” ނަމަކަށް ކިޔާ އުމުރުން 33 އަހަރުގެ ޒުވާން ފިރިހެނަކަށް، އޭނަގެ ނަސީބު އައިސް އަތުގައި ހިފި ވާހަކައެވެ. މި މީހާއަކީ އިނގިރޭސި ވިލާތުގެ އަވަށެއް ކަމަށްވާ “މޮއުމެލް” ގެ ބޭންކެއްގައި މެނޭޖަރެއްގެ މަގާމުގައި މަސައްކަތް ކުރަމުން އަންނަ ޒުވާނެކެވެ.

ކެވިން އަކީ އާންމުކޮށް ވެސް މި ޕާކަށް ޒިޔާރަތް ކޮށް އުޅޭ މީހެކެވެ. ޕާކަކީ މީގެ ކުރިން ވެސް ގިނަ ބަޔަކަށް މިފަދަ “ޑައިމަންޑު”ތައް ލިބިފައި ހުރި ޕާކެކެވެ. އެގޮތުގެ މަތިން ކެވިން ވެސް ބިއްލޫރި ނުވަތަ އެފަދަ ދަޅައަޅާ ޒާތުގެ އެއްވެސް އެއްޗެއް ފެންނަމުންދާ ވަރަކަށް ދިޔައީ ހޮވާ ދަބަހަށް އަޅަމުންނެވެ.

އެ ޔާގޫތުކޮޅު ފެނުމުންވެސް އެއީ ޔާގޫތެއްކަމަކަށް އޭނާއަކަށް ގަބޫލެއް ނުކުރެވުނެވެ. އެގޮތުގެ މަތިން އެފަދަ ދަޅައަޅާ ޒާތުގެ އެއްޗެހި ހޮވުމުގައި މީނާގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ނިންމާލުމަށްފަހު ގެއަށް ގޮސް ބެލި ބެލުމުގައި އެއީ ހަމަ އަސްލުގައިވެސް ޔާގޫތެކެވެ. އެވަގުތު އޭނައަށް ކުރެވުނު އިހުސާސް އޭނާއަކަށް ބަޔާން ކޮށްދޭންވެސް ނޭނގޭހާ އުފާވެރިއެވެ. ވާނީވެސް އެހެންތާއެވެ. ޔާގޫތެއް ވިއްޔާއެވެ. އަގުބޮޑު ޖަވާހިރެކެވެ.

މިހާރު މި ޔާގޫތަށް ނަން ދީފައި ވަނީ ވެސް އެ ހާދިސާއާއި އަދި އެ ޔާގޫތު ހޮވި މީހާގެ ނަމާއި ގުޅުވައިގެންނެވެ. އެޔާގޫތަށް ނަން ދީފައިވަނީ “ދަ ކިނާރޑް ފްރެންޑްޝިޕް ޑައިމަންޑް” ގެ ނަމުންނެވެ. ހަމަ ހަގީގަތުގައި ވެސް ނަސީބަކީ ކަތީބަކު ދޭ އެއްޗެއް ނޫނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!