ޚަބަރު

މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާކަށް ނޫޅެން: އުމަރު

ދެން އެމްވީ ، ދެން އޮންލައިން

މިއަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވަން އުޅޭ ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދޮގުކުރައްވައިފިއެވެ.

Ads by Sosun Fihaara

މާލޭ ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމަށް އުމަރު ނިންމަވާފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރޭ ވަނީ ހަބަރު ފަތުރާފައެވެ.

އެ ވާހަކަތަކާ ގުޅިގެން އުމަރު ވިދާޅުވީ މާލޭގެ މޭޔަރު ކަމަށް ކުރިމަތިލާން އުޅޭ ކަމަށް ބުނެ އޮންލައިން ނޫހެއްގައި ލިޔެފައިވާ ހަބަރަކީ ތެދެއް ނޫން ކަމަށެވެ.

ޕީޕީއެމްގެ ލީޑާޝިޕުން ޕްރައިމަރީއެއް ބާއްވައިފި ނަމަ 2023 ވަނަ ރިޔާސީ އިންތިހާބުގައި ނިކުންނަވާނީ އެ ޕާޓީގެ ޓިކެޓުގައި ކަމަށް އުމަރު ވަނީ ވިދާޅުވެފައެވެ.

އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި މާލޭގެ މޭޔަރު ކަމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން ގިނަ ބޭފުޅުންތަކެއް ގެންދަވަނީ ފާޅުކުރައްވަމުންނެވެ. އެމްޑީޕީންވެސް ހަތަރު ބޭފުޅަކު ވަނީ މޭޔަރު ކަމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!