ޗައިނާގެ ޕްރީސްކޫލެއްގައި 233 ކުދިން ލެޑް ވިހައިން ވިހަވުމާ ގުޅިގެން 8 މީހުން ހައްޔަރުކޮށްފި
ޗައިނާގެ ގަންސޫ ޕްރޮވިންސްގައި ހުންނަ ޕްރީސްކޫލެއްގައި 233 ކުޑަކުދިން ލެޑް ވިހައިން ވިހަވުމާ ގުޅިގެން 8 މީހަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައިގައި ސްކޫލުގެ ވެރިންނާއި މުވައްޒަފުންގެ އިތުރުން ކޭޓަރިންގ ކުންފުނީގެ މުވައްޒަފުން ހިމެނެއެވެ
.ޗައިނާގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގަންސޫ ޕްރޮވިންސްގެ ޖިންޗަންގ ސިޓީގައި ހުންނަ ޔޯންގްޝިންގ ކައުންޓީގެ ޕްރީސްކޫލެއްގައެވެ. ސްކޫލުގެ ކުދިންގެ ލޭގައި ލެޑްގެ މިންވަރު އާދަޔާ ޚިލާފަށް މަތިވެފައިވާކަން ފާހަގަކުރެވުނީ މެޑިކަލް ޗެކަޕްތަކުގެ ތެރެއިންނެވެ.ޗައިނާގެ ސަރުކާރުން މައްސަލަ ތަޙުޤީޤުކުރުމަށްފަހު ހާމަކުރި ގޮތުގައި، ސްކޫލުގެ ކެއްކުމުގެ ކަންކަން ހަވާލުކޮށްފައިވާ ކޭޓަރިންގ ކުންފުނިން ބޭނުންކުރި ތަކެތީގައި ލެޑް އެކުލެވޭ މިންވަރު ވަރަށް މަތިކަން ފާހަގަކުރެވިފައިވެއެވެ. އަދި މިކަމުގައި އިހުމާލުވި ފަރާތްތަކުގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.ވިހަވި ކުދިންގެ ތެރެއިން ގިނަ ކުދިން މިހާރު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި ލެޑް ވިހައިގެ ސަބަބުން ކުޑަކުދިންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ހަށިގަނޑުގެ ހެދިބޮޑުވުމަށް ބުރޫއަރައެވެ.މި ހާދިސާއާ ގުޅިގެން ޗައިނާގެ ތަޢުލީމީ އިދާރާތަކުން ވަނީ ޤައުމުގެ ހުރިހާ ސްކޫލުތަކެއްގައި ކުދިންނަށް ކާންދިނުމުގެ ކަންކަން ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އިޢުލާނުކޮށްފައިވެއެވެ.
ޗައިނާގެ މީޑިއާތަކުން ރިޕޯޓުކުރި ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ ގަންސޫ ޕްރޮވިންސްގެ ޖިންޗަންގ ސިޓީގައި ހުންނަ ޔޯންގްޝިންގ ކައުންޓީގެ ޕްރީސްކޫލެއްގައެވެ. ސްކޫލުގެ ކުދިންގެ ލޭގައި ލެޑްގެ މިންވަރު އާދަޔާ ޚިލާފަށް މަތިވެފައިވާކަން ފާހަގަކުރެވުނީ މެޑިކަލް ޗެކަޕްތަކުގެ ތެރެއިންނެވެ.
ޗައިނާގެ ސަރުކާރުން މައްސަލަ ތަޙުޤީޤުކުރުމަށްފަހު ހާމަކުރި ގޮތުގައި، ސްކޫލުގެ ކެއްކުމުގެ ކަންކަން ހަވާލުކޮށްފައިވާ ކޭޓަރިންގ ކުންފުނިން ބޭނުންކުރި ތަކެތީގައި ލެޑް އެކުލެވޭ މިންވަރު ވަރަށް މަތިކަން ފާހަގަކުރެވިފައިވެއެވެ. އަދި މިކަމުގައި އިހުމާލުވި ފަރާތްތަކުގެ މައްޗަށް ޤާނޫނީ ފިޔަވަޅު އަޅާނެކަމަށް ވެސް ސަރުކާރުން ބުނެފައިވެއެވެ.
ވިހަވި ކުދިންގެ ތެރެއިން ގިނަ ކުދިން މިހާރު ވަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. ޞިއްޙީ އިދާރާތަކުން ބުނާ ގޮތުގައި ލެޑް ވިހައިގެ ސަބަބުން ކުޑަކުދިންގެ ސިކުނޑީގެ ދުޅަހެޔޮކަމަށް ނޭދެވޭ އަސަރުކޮށް، ހަށިގަނޑުގެ ހެދިބޮޑުވުމަށް ބުރޫއަރައެވެ.
މި ހާދިސާއާ ގުޅިގެން ޗައިނާގެ ތަޢުލީމީ އިދާރާތަކުން ވަނީ ޤައުމުގެ ހުރިހާ ސްކޫލުތަކެއްގައި ކުދިންނަށް ކާންދިނުމުގެ ކަންކަން ހަރުދަނާކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައެވެ. އަދި ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ޚާއްޞަ އިންސްޕެކްޝަންތަކެއް ކުރިއަށް ގެންދާނެ ކަމަށް ވެސް އިޢުލާނުކޮށްފައިވެއެވެ.
