ސައިކަލަށް ބޭނުންވަނީ ފުރިހަމަ ރައްކާތެރިކަން

ދިރިއުޅުމަށް ފަސޭހަކަމެއް ގެނެސްދިން ނަމަވެސް ސައިކަލެއް ގެންގުޅުމުގައި ވެސް ހިރާސްތަކެއް ހުރެއެވެ. އެކްސިޑެންޓުތަކާއި މޫސުމުގެ ކަންކަމެވެ. ސައިކަލަށް ލިބޭ ގެއްލުންތަކާއި، ސައިކަލު ވަގަށް ނެގުމެވެ. ރާއްޖޭގައި ސައިކަލު ޕާކުކޮށް އުޅެނީ މަގުމަތީގައި ހާމައަށެވެ. ދުވަހުގެ ގިނަ ވަގުތުތަކެއް ސައިކަލު ހުންނާނީ އަހަރެމެންގެ ލޯ ކުރިމަތީގައެއް ނޫނެވެ. އެހެންކަމުން އަގުބޮޑު އެ މުދަލަށް ރައްކާތެރިކަން މުހިންމެވެ.
ރާއްޖޭގައި ދުއްވާ ކޮންމެ އެއްގަމު އުޅަނދަކަށް ވެސް ތާޑް ޕާޓީ މޮޓޯ އިންޝުއަރަންސެއް ނަގާފައި އޮތުމަކީ ޤާނޫނުން ލާޒިމު ކަމެކެވެ. އެކަމަކު މި ޕްލޭނުން ކަށަވަރުކޮށްދެނީ ތިމާގެ ސައިކަލުގެ ސަބަބުން އެހެން މީހެއްގެ ސައިކަލަކަށް ލިބޭ ގެއްލުމުގެ ބަދަލެވެ. އެހެންކަމުން ތިމާގެ އަމިއްލަ ސައިކަލަށް ލިބޭނެ ގެއްލުން ކަވަރުކުރާނީ ކޮން ގޮތަކަށް ހެއްޔެވެ؟
ޖަވާބަކީ، ކޮމްޕްރެހެންސިވް މޮޓޯ ތަކާފުލް ޕްލޭނަކުންނެވެ. މިއީ ފުޅާ ކަވަރޭޖުތަކެއް ލިބޭ ޕްލޭނެކެވެ. ތިންވަނަ ފަރާތުގެ ސައިކަލަށް ލިބޭ ގެއްލުމުގެ (40،000 ރުފިޔާއާ ހަމައަށް) އިތުރުން، ތިމާގެ އަމިއްލަ ސައިކަލަށް ނުވަތަ އުޅަނދަށް ލިބޭ ގެއްލުމާއި (ސައިކަލުގެ ފުރިހަމަ އަގާ ހަމައަށް)، އެކްސިޑެންޓެއްގެ ސަބަބުން ތިމާއަށް ލިބޭ ޖިސްމާނީ ގެއްލުންތަކާއި (60،000 ރުފިޔާއާ ހަމައަށް)، އަދި އެކްސިޑެންޓެއްގެ ބޭރުން ވިޔަސް ސައިކަލަށް ލިބޭ އެހެނިހެން ގެއްލުންތަކުގެ ބަދަލު ލިބޭނެއެވެ.
މީގެ އިތުރުން ކޮމްޕްރެހެންސިވް މޮޓޯ ތަކާފުލް ޕްލޭނެއް ބައްލަވައިގެންފިނަމަ، ސައިކަލު ވަގަށް ނެގުމުން ލިބޭ ގެއްލުން ކަވަރު ކުރާ ”ތެފްޓް ކަވަރ“އެއް އެޑް-އޮންއެއްގެ ގޮތުގައި ޕްލޭނަށް އިތުރުކޮށްލެވެން ވެސް އޮވެއެވެ.
މާލެ ކަހަލަ ކުޑަ ތޮއްޖެހިފައިވާ ސިޓީއެއްގައި ސައިކަލަށް އެކި ކަހަލަ ނުރައްކާތައް ހުންނަ އިރު، ކޮމްޕްރެހެންސިވް މޮޓޯ ތަކާފުލް ޕްލޭނެއް އޮތުމަކީ ވަރަށް މުހިންމު ކަމެކެވެ. ގިނަ ގޭގެއަކީ އެތެރޭގައި ސައިކަލު ޕާކު ކުރެވޭ ފަދަ ގަރާޖުތައް ހުންނަ ގޭގެއަށް ނުވާތީ، ބޭރުގައި ޕާކު ކުރަން ޖެހުމުގެ ސަބަބުން ގެއްލުމެއްގެ ނުރައްކާ ބޮޑެވެ. މީގެ އިތުރުން ވިއްސާރަވެ ފެންބޮޑުވުމާއެކު އިންޖީނަށް ފެން ވަދެގެން ވެސް ސައިކަލަށް ގެއްލުމެއް ލިބުމުގެ ނުރައްކާ އޮވެއެވެ. އަދި އުސް އިމާރާތްތަކުން އެއްޗެހި ވެއްޓިގެން ވެސް ކަމަކާ ދިމާވެދާނެއެވެ.
މިއީ ހަމަ ގައިމު ވެސް ސިކުނޑިއަށް ފަސޭހަކަމެއް ގެނެސްދޭނެ އިންވެސްޓްމަންޓަކަށް ވާނެއެވެ. އެ ފަސޭހަކަމަކީ، ތިންވަނަ ފަރާތެއްގެ ޖިސްމާއި މުދަލުގެ އިތުރުން، ތިމާގެ އަމިއްލަ އަގުބޮޑު ސައިކަލާއި އެހެނިހެން އުޅަނދުފަހަރުގެ ސަލާމަތާއި ރައްކާތެރިކަމުގެ ކަށަވަރުކަމެވެ. ތިމާގެ ސައިކަލަކީ ތިމާ އެކި ތަންތަނަށް އުފުލައިދޭ އެކުވެރިޔާއެވެ. މިއީ އެ ސައިކަލާއި އެހެނިހެން އުޅަނދުފަހަރަށް އެންމެ ފުރިހަމަ ރައްކާތެރިކަން ހޯދައިދިނުމާ ގުޅޭގޮތުން ވިސްނަންވީ ވަގުތެވެ.
