ޚަބަރު

މާވަށު ޒުވާނާ މަރާލި މައްސަލައިގައި މީހަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މޫސަ މަރާލީ މައްސަލާގައި ހައްޔަރުކުރި މުހައްމަދު އިބްރާހިމް

ލ. މާވަށުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު މަރާލިކަމަށް ތުހުމަތުކުރެވޭ މީހާ ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

Ads by STELCO

މި ހާދިސާގައި ނިޔާވީ ލ. މާވަށަށް ނިސްބަތްވާ ޢުމުރުން 29 އަހަރުގެ މޫސާ އިބްރާހިމެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ މާވަށުގައި މީހަކަށް ތޫނު އެއްޗަކުން ޙަމާލާދީ ޒަޚަމުކޮށްލާފައިވާ ކަމުގެ މަޢުލޫމާތު މިއަދު 10:12 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި އަނިޔާވި މީހާ ޞިއްޙީ މަރުކަޒަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ޞިއްހީ މަރުކަޒުން މަޢުލޫމާތު ދެއްވާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލަ ތަޙުޤީޤުކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މި މައްސަލާގައި މިހާތަނަށް ބެލި ބެލުމުން މިއީ ދެ މީހެއްގެ ދެމެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށެވެ. އަދި މި މާރާމާރީގައި މޫސާ އިބްރާހިމަށް ހަމަލާދިނީ ހދ. ނޮޅިވަރަންފަރަށް ނިސްބަތްވާ 29 އަހަރުގެ މުޙައްމަދު އިބްރާހީމެވެ. އޭނާ މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!