ލައިފްސްޓައިލް

ޑޮކްޓަރުންނަށް ވެގެން ކޮވިޑް19 ޖެހިފައި ތިބި އަންހެނުންނަށް ޖިންސީ ގޯނާ ކުރި މަސައްކަތު ދެމީހުން ހައްޔަރުކޮށްފި

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ޖަކަންދު،އިންޑިއާ: ޕީޕީއީ ކިޓް އަޅައިގެން ޑޮކްޓަރުންނަށް ވެގެން ކޮވިޑް19 ޖެހިފައި ތިބި އަންހެނުންނަށް ޖިންސީ ގޯނާ ކުރި ދެ މީހަކު ޖަކަންދުގެ ފުލުހުން ހައްޔަރު ކޮށްފިއެވެ.

Ads by STELCO

ޖަކަންދުގެ ފުލުހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާތައް ބުނެފައިވާ ގޮތުގައި މިދިޔަ ހުކުރު ދުވަހު މި ހާދިސާ ހިނގާފައި ވަނީ ގޮއްޑާ ޑިސްޓްރިކްޓްގެ ޕޮލިޓެކްނިކް ކޮލެޖް ހޮސްޕިޓަލްގައެވެ. އެ ހޮސްޕިޓަލްގައި ސާފުކުރުމުގެ މަސައްކަތް ކުރާ ޒުވާން ދެ ފިރިހެނުން ޕީޕީއީ ކިޓް އަޅައިގެން އަންހެނުން އެޑްމިޓްކޮށްފައިވާ ވޯޑަށް ވަދެ އެމީހުންނަކީ ދިއްލީއިން "ޚާއްޞަ ހެލްތު ޗެކްއަޕަކަށް" އައި ބައެއް ކަމަށް ބުނެފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ. އަދި އެއަށް ފަހު އެހެން ކޮޓަރިއަކަށް ފަހަރަކު މީހަކު ދިޔުމަށް އެދުނު ކަމަށް ވެސް ފުލުހުން ހާމަ ކުރިއެވެ.

ބަލި މީހުން ވެސް އެމީހުން ދެއްކި ވާހަކަ ގަބޫލުކުރި ކަމަށާއި ނަމަވެސް އެމީހުން ދެއްކި ކޮޓަރިއަށް ދިޔުމުން ގަޔަށް އަތްލާ ، ޖިންސީ ގޯނާ ކުރަން ފެށުމުން ބަލި މީހަކު ވަނީ އެމީހުންގެ އަތްދަށުން ސަލާމަތް ވެގެން ގޮސް ފުލުހުންނަށް އެ މައްސަލަ ރިޕޯޓް ކޮށްފައެވެ. އަދި މަސައްކަތު ދެ މީހުން ވެސް އެވަގުތު އެތަނުން ނިކުމެގެން ދިޔަ ނަމަވެސް ފުލުހުން ވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނު އެމީހުން ހޯދާ ހައްޔަރު ކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!