ބޮލީވުޑް މުނިފޫހިފިލުވުން

ދިގު، ރީތި ފިރިހެނުންނަށް އުފާވެރި ޚަބަރެއް! ނޯރާ ފަތޭހީ ހުރީ ހުސްކޮށް!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ނޯރާ ފަތޭހީ އޭ ބުނުމުން އެއީ ކާކުކަން ނޭނގޭ މީހަކު މިހާރު މަދު ވާނެއެވެ.

Ads by STELCO

"ދިލް ބަރް، ދިލް ބަރް" ލަވައިން ލިބުނު މަޝްހޫރު ކަމަށްފަހު އޭގެ ފަހުން އޭނާ ކުޅެ، ނަށާފައިވާ ހުރިހާ ލަވަތަކަކަށް ވެސް ބެލުންތެރިންގެ ފަރާތުން ވަނީ ވަރަށް ހޫނު ތަރުހީބެއް ލިބިފައެވެ.

މޮރޮކޯ އަށް އުފަން، ކެނެޑާ ގައި ދިރިއުޅުމަށްފަހު މިހާރު އިންޑިއާ އަށް ދިރިއުޅުން ބަދަލު ކޮށްފައިވާ ނޯރާ އަކީ އޭނާގެ ރީތިކަމާއި، ނެށުމާއި އެކްޓުކުރުމުގެ ހުނަރުން ގިނަ ބައެއްގެ ހިތްތައް ދަމައިގެންފައިވާ ކުޅަދާނަ ފަންނާނެކެވެ. އޭނާގެ ފޭނުން އިންޑިއާ ގެ އިތުރުން މުޅި ދުނިޔޭގެ އެކި ކަންކޮޅު ތަކުގައި ވެސް ވެއެވެ.

ދާދި ފަހުން "ފިލްމްފެއާރ" އަށް ދިން ޚާއްސަ އިންޓަވިއު އެއްގައި ރެޕިޑް ފަޔަރ ސުވާލުތަކެއް އެމެގަޒިނުން ވަނީ ނޯރާ އާއި ކޮށްފައެވެ. އޭގެ ތެރެއިން އެއް ސުވާލެއްގެ ގޮތުގައި އަހާފައިވަނީ، ނޯރާ ހުރީ ހުސްކޮށްތޯ އެވެ. އެސުވާލުގެ ޖަވާބުގައި އޭނާ ބުނީ އާނއެކޭއެވެ.

މިއީ ގިނަ ފިރިހެނުން ވަރަށް އުފާވާނެ ޚަބަރަކަށް ވެދާނެއެވެ. ނަމަވެސް ނޯރާ އަށް ވެސް ކަމުދަނީ ވަކި ކަހަލަ ފިރިހެނުންނެވެ.

އެގޮތުން "އިންޑިއާސް ބެސްޓް ޑާންސަރ" ޝޯގެ އެއް އެޕިސޯޑުގައި މެހެމާނެއްގެ ގޮތުން ބައިވެރިވުމުން، ނޯރާ އަށް ކަމުދަނީ ކޮން ކަހަލަ ފިރިހެނުންނެއްތޯ ޝޯގެ ހޯސްޓު ސުވާލު ކުރުމުން، އޭނާ ބުނީ އޭނާއަށް ކަމުދަނީ ހުނަރުވެރި، ދިގު ،ރީތި ފިރިހެނުން ކަމަށެވެ.

ނޯރާ ފިލްމްފެއާ އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ފޭނުންގެ ތެރެއިން އޭނާ އެންމެ ހައިރާންވެ ބިރުގަތް ކަމަކަށް މީހަކު ކޮށްފައިވާ ކަމަކީ އޭނައަށް ފާރަލަމުން، ފަހަތުން ދިޔުން ކަމުގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!