ޚަބަރު

ދެވަނަ ފްރީ ޒޯނަކަށް ވާނީ އައްޑޫ: އެމްޕީއެލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ކުޅުދުއްފުއްޓަށް ފަހު ރާއްޖޭގެ ދެވަނަ ފްރީ ޒޯން ގާއިމު ކުރާނީ އައްޑޫގައި ކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ސީއީއޯ މުހައްމަދު ރިޝްވާން ވިދާޅުވެއްޖެ އެވެ.

Ads by STELCO

ރައީސް ޑރ. މުހައްމަދު މުއިއްޒު ހަފުތާގައި ހދ. އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުގެ ތެރެއިން ކުޅުދުއްފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން އެ ސިޓީގ ޕޯޓުން ދެމުން އަންނަ ހިދުމަތްތައް ފުޅާކުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާ، ޕީއެސްއެމަށް ރިޝްވާން ވިދާޅުވީ އެކި ސަރަހައްދުތަކުގައި ފްރީ ޒޯންތައް ގާއިމުރުމަކީ އިގުތިސާދު ސިންދަފާތު ކުރުމުގެ ތެރެއިން ސަރުކާރުން އިސްކަމެއް ދޭ ކަމެއް ކަމަށެވެ.

ފްރީ ޒޯންތަކަކީ، ރާއްޖެ މުދާ ގެނެސް، މުދާ ބޭރުކުރުމުގެ ކުރިން ޑިއުޓީ ނުދައްކާ ބެހެއްޓޭ ސަރަހައްދުތަކެވެ.

އެގޮތުން ކުޅުދުށްފުށި ޕޯޓް، ފްރީ ޒޯނަކަށް ކަނޑައެޅުމަށް ފަހު ދެން އެންމެ އަވަހަށް އެކަން ފެށޭނީ ރާއްޖޭގެ އެންމެ ދެކުނުން އައްޑޫގައި ކަމަޑް ރިޝްވާން ވިދާޅުވި އެވެ. އައްޑު އަކީ ދެކުނުގެ ސަރަހައްދީ ބަނދަރު ނުވަތަ ހިތަދޫ ޕޯޓް ގާއިމުކޮށްފައި އޮތް ތަނެވެ.

Ads by HDC