ޚަބަރު

ފުވައްމުލަކު އެއާޕޯޓްގެ އޮޕަރޭޝަންސް ހުއްޓުމަކަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ފުވައްމުލަކުގެ އެއާޕޯޓުގެ ފަޔާ ޓްރަކަށް ދިމާވި މައްސަލައަކާ ގުޅިގެން އެ އެއާޕޯޓު ވަގުތީ ގޮތުން ބަންދުކޮށްފި އެވެ.

Ads by STELCO

އެއާޕޯޓު ވަގުތީ ގޮތުން ބަންދުކުރީ އިއްޔެ ހަވީރު އެވެ.

ފަޔާ ޓްރެކަށް ދިމާވި މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، އެތަނުގައި އެފަދަ ބެކަޕް ވަސީލަތެއް ނެތެވެ.

މިކަމާ ހެދި އެއާޕޯޓްގެ އޮޕަރޭޝަން ހުއްޓުމަކަށް އައުމާ ގުޅިގެން ފުވައްމުލަކުގެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ފުވައްމުލަކަށް ދަތުރުތައް ބާއްވަނީ ހަމައެކަނި ގައުމީ އެއާލައިން، މޯލްޑިވިއަނުންނެވެ. އެގޮތުން ކޮންމެ ދުވަހަކު ދެ ދަތުރު ބާއްވަ އެވެ.

މޯލްޑިވިއަނުން ބުނީ ފުވައްމުލަކުގެ އެއާޕޯޓް ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅިގެން، ޓިކެޓް ނަގާފައިވާ ފަސިންޖަރުންނަށް ގުޅައި، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުމަށް އެ އެއާލައިންގެ ޓީމުން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މޯލްޑިވިއަނުން ވަނީ އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ އެއާލައިންގެ ކޯލް ސެންޓަރު 1671 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެދިފަ އެވެ.

ފުވައްމުލަކު އެއާޕޯޓަކީ އައްޑޫގައި 2011 ގައި ބޭއްވި ސާކް ސަމިޓާ ދިމާކޮށް ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ތަރައްގީކޮށް ހުޅުވި އެއާޕޯޓެކެވެ. އެ އެއާޕޯޓް ތަރައްގީކުރީ އެސްޓީއޯއިންނެވެ.

Ads by Allied Insurance