ޚަބަރު

އަސާސީ މުދަލުގެ އަގުތައް އުފުލިއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ބާޒާރުގައި މީހަކު ތަކެތި ވިއްކަނީ / ފޮޓޯ:ދެން އިމޭޖްސް

އަސާސީ މުދަލުގެ އަގުތައް މިދިޔަ އަހަރާ އަޅާ ބަލާއިރު މިއަހަރު އުފުލިފައިވާ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސްގެ ތަފާސްހިސާބުން ދައްކައިފި އެވެ.
މާލޭގައި ޒަރޫރީ ތަކެތީގެ އަގުތަކަށް މިދިޔަ މަހު އައި ބަދަލުތަކާ ގުޅޭ ގޮތުން ސްޓެޓިސްޓިކްސް ބިއުރޯއިން އެކުލަވައިލައިފައިވާ އެސެންޝަލް ކޮމޯޑިޓީސް ޕްރައިޒް އިންޑެކްސް އިއްޔެ އާންމުކޮށްފައިވާއިރު، އެ ތަފާސްހިސާބުން ދައްކާ ގޮތުގައި އަސާސީ ބާވަތްތަކުގެ އިންފްލޭޝަން ހުރީ 1.9 ޕަސެންޓްގަ އެވެ.

Ads by MPL

އޭގެ ތެރެއިން ކާތަކެއްޗަށް ބަލާއިރު، ޖުލައި މަހުން އޮގަސްޓު މަހަށް އަގުތައް ވަނީ 1.62 ޕަސެންޓް އިތުރުވެފަ އެވެ. ކާބޯތަކެތީގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑަށް އަގު އުފުލުނީ މޭވާ އާއި ތެލާއި ފެޓްގެ ބާވަތްތަކުންނެވެ. މޭވާގެ އަގު 10.20 ޕަސެންޓް އުފުލުނު އިރު ތެލާއި ފެޓްގެ ބާވަތްތަކުގެ އަގު 5.34 ޕަސެންޓަށް ވަނީ އުފުލިފަ އެވެ.

މީގެއިތުރުން ބުއިމުގެ ބާވަތްތަކާއި ރީތިވާން ގެންގުޅޭ ތަކެތީގެ އަގުތައް އުފުލުނުއިރު، އަގު ދަށްވީ ގޭހާއި އެހެނިހެން ހަކަތައިގެ ބާވަތްތަކުން އެކަންޏެވެ.