ޚަބަރު

ސީއެސްސީ އަށް 3 މެންބަރަކު އައްޔަންކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ މިހާރުގެ ރައީސަކަށް ހުންނެވި މުހައްމަދު ނާސިހު ހިމެނޭ ގޮތަށް އެ ކޮމިޝަނަށް މިއަދު ތިން ބޭފުޅަކު ރައީސް ޑރ. މުހައްމަދު އައްޔަން ކުރައްވައިފި އެވެ.

Ads by MPL

ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވި ތިން ބޭފުޅުންނަކީ ނާސިހާއި ޑރ. ޙުސައިން ފާއިޒްގެ އިތުރުން ޑރ. ދީބާ މޫސާ އެވެ.

ދީބާ އަކީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމްގެ އަނބިކަނބަލުންނެވެ.

ކޮމިޝަންގެ މެންބަރުކަމަށް އައްޔަންކުރި ތިން މެންބަރުން ރައީސްގެ ކުރިފުޅުމަތީގައި ހުވާ ކުރެއްވި އިރު، ހުވާ ލައި ދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިނެވެ.

އެ ރަސްމިއްޔާތުގައި ރައީސް ވަނީ ކޮމިޝަނަށް ޢައްޔަން ކުރެއްވި ތިން މެންބަރުން، އެ މަގާމަށް ޢައްޔަން ކުރެއްވިކަމުގެ ލިޔުން ޙަވާލު ކުރައްވައިފަ އެވެ.

Ads by Allied Insurance