ޚަބަރު

ރާއްޖޭގެ މެޑިކަލް ޓީމެއް ޗައިނާއިން ތަމްރީނުވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭ މެޑިކަލް ޓީމެއް ޗައިނާގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނަށް ޒިޔާރަތްކޮށް ތަމްރީންތަކެއް ފުރިހަމަކޮށްފި އެވެ.

Ads by STELCO

އައިޖީއެމްއެޗް، އެޗްއެމްއެޗް، އޭޑީކޭ އަދި އޭއީއެޗް ތަމްސީލުކުރާ ރާއްޖޭ މެޑިކަލް ޓީމެއް ޗެންގްޑޫގެ ވެސްޓް ޗައިނާ ސެކަންޑް ޔުނިވާސިޓީ ހޮސްޕިޓަލް ސީއެން އަށް ޒިޔާރަތްކޮށް ވަނީ އޮބްސްޓެޓްރިކްސް އެންޑް ގައިނެކޮލޮޖީ، ޕީޑިއަޓްރިކްސް އެންޑް މެޑިކަލް ސިމިއުލޭޝަން ލެބްސް ތަހުގީގުކޮށް، ކްލިނިކަލް އެންޑް އެކަޑަމިކް ތަމްރީންތައް ފުރިހަމަކޮށްފަ އެވެ.

އަދި ޞިއްޙީ ދާއިރާގެ ޕްރޮފެސަރުންނާއި ސީނިއާ ކްލިނިޝަނުންނާ ބައްދަލުކޮށް، ކްލިނިކަލް ވޯކްފްލޯސް، އެކަޑަމިކް ޕްރެކްޓިސްސް އަދި ޑިޕާޓްމަންޓް ސްޓްރަކްޗަރ އާއި އެންމެ ޒަމާނީ ރޮބޮޓިކް ގައިނެކޮލޮޖިކަލް ސާޖަރީ އޮބްޒާވްކޮށްފަ އެވެ.

ޕީޑިއަޓްރިކްސް ޓީމުން ވެސް ވަނީ ސައުތުވެސްޓާން ޗައިނާގެ ނޭޝަނަލް މެޑިކަލް ރީޖަނަލް ސެންޓާ ފޯ ޗިލްޑްރަންސް އަށް ޒިޔާރަތްކޮށް، ނިއުރޯޑިވެލޮޕްމަންޓް، ހެމަޓޮލޮޖީ، އޮންކޮލޮޖީ، ޕަލްމޮނޮލޮޖީ، އެންޑޮކްރިނޮލޮޖީ، ނިއޯނެޓޮލޮޖީ އެންޑް ޕީޑިއަޓްރިކް ކާޑިއޮލޮޖީގެ ޚިދުމަތްތަކުން ތަމްރީން ހޯދާފަ އެވެ.

މީގެ އިތުރުން މެޑިކަލް ސިމިއުލޭޝަން ލެބޯޓްރީސް އަށް ޒިޔާރަތްކޮށް އެޑްވާންސް ހައި-ފިޑެލިޓީ ސިމިއުލޭޝަން ޓެކްނޮލޮޖީ ބޭނުންކޮށްގެން ތަމްރީނުތަކުގައި ބައިވެރިވެ، ނޮލެޖް އެކްސްޗޭންޖްކޮށްފަ އެވެ.