ޚަބަރު

ޖައިކާ އިން 10.5 މިލިއަން ޑޮލަރުގެ އެހީއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ޖަޕާން އިންޓަނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ) އިން ރާއްޖެ އަށް 10 މިލިއަން ޑޮލަރުގެ އެހީއެއް ދޭން ނިންމައި އެކަމުގެ އެއްބަސްވުމެއްގައި އެއްބަސްވެއްޖެ އެވެ.

Ads by MPL

ކާރިސާތަކާއި ގުޅޭ ވިލުންތެރިކަން އިތުރުކޮށް، އެފަދަ ހާލަތްތަކަށް ތައްޔާރުވުމުގެ ޖައިކާ އިން ދޭން އެއްބަސްވީ 1.56 ބިލިއަން ޖަޕަނީސް ޔެން (10.5 މިލިއަން ޑޮލަރު) އެވެ.

ފިނޭންސް މިނިސްޓްރީގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެހީގެ އެއްބަސްވުމުގައި ޖައިކާގެ ފަރާތުން ސޮއިކުރެއްވީ އިކާ މޯލްޑިވްސް އޮފީހުގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް ޓަކި މޮޓޮއޯ އެވެ. ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު ހަސަން މިރާސް އެވެ.

އެހީއާ ގުޅޭ ގޮތުން ޖައިކާ ނެރުނު ބަޔާނެއްގައި ބުނީ މި އެހީގެ ދަށުން ގެ ކަނޑުތޮށި ވަރުގަދަކޮށް، ވާރޭ ފެން ހިންދުމަށް ބޭނުންވާ އާލާތްތައް ހޯދައި، އުދަ އާއި ބޯކޮށް ވެހޭ ވާރެއިން ކުރިމަތިވާ ނުރައްކާތައް ކުޑަކުރެވޭނެ ކަމަށެވެ.

ޖަޕާނަކީ ރާއްޖޭގެ ތަރައްގީގެ، ހާއްސަކޮށް ކާރިސާތަކުން ރައްކާތެރިވުމުގެ ގާބިލުކަން ލިބިގަތުމަށް ކުރާ މަސައްކަތުގެ އެންމެ ބޮޑު އެހީއެއް އަބަދު ވެސް ވަމުން އަންނަ ގައުމެކެވެ. އެގޮތުން 1988-2006 އަށް މާލޭގައި ކުރިއަށް ގެންދިޔަ ކަނޑުތޮށިލުމުގެ މަޝްރޫއުތައް ފާހަގަކުރެވެ އެވެ.

Ads by Allied Insurance