ޚަބަރު

އުރީދޫގެ އެހީ ހޯދަން ޓޫރިޒަމް މިނިސްޓްރީން މަޝްވަރާކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އުރީދޫ މޯލްޑިވްސްގެ އިސްވެރިންނާ ޓޫރިޒަމާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ބައްދަލު ކުރައްވައި މަޝްވަރާކޮށްފި އެވެ.

Ads by STELCO

މިިނިސްޓްރީން ބުނީ އިއްޔެ ބޭއްވި ބައްދަލުވުމުގައި އުރީދޫގެ ފަރާތުން އިސްކޮށް ބައިވެރިވެވަޑއިގެންނެވީ ޗީފް ކޮމާޝަލް އޮފިސަރު، ހުސައިން ނިޔާޒް ކަމަށެވެ.

އެގޮތުން މިނިސްޓަރު އުރީދުއާ އެކު ބޭއްވި ބައްދަލުވުމުގައި ތިމާވެށީގެ ދާއިރާއިންނާއި ޓޫރިޒަމްގެ ދާއިރާއިން ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައިވެ އެވެ.

އެ ބައްދަލުމަކީ ސަރުކާރާއި އަމިއްލަ ކުންފުނިތަކާ ގުޅިގެން، ރާއްޖޭގެ ތަރައްޤީއަށާއި ދެމެހެއްޓެނިވި ކުރިއެރުމަށް މަސައްކަތް ކުރުމުގެ ރޫހުގައި ބޭއްވި ބައްދަލުވުމެއް ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ. ބައްދަލުވުމުގެ މައިގަނޑު މަގުޞަދަކީ، ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުން ގެނައުމަށްޓަކައި، އުރީދޫ މޯލްޑިވްސްގެ ފަންނީ ވަސީލަތްތަކާއި ޓެކްނޮލޮޖީ ބޭނުން ކުރެވިދާނެ ގޮތްތަކާ މެދު މަޝްވަރާ ކުރުމެވެ.

މިނިސްޓަރު ވަނީ ބައްދަލުވުމުގައި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ރާއްޖޭގެ ރީތިކަން ދެމެހެއްޓުމަށްޓަކައި ޑިޖިޓަލް ހިދުމަތްތަކާއި ޓެކްނޮލޮޖީގެ ބޭނުން ހިފުމުގެ މުހިންމުކަމަށް އަލިއަޅުއްވައިލައްވައިފަ އެވެ. އަދި ރާއްޖޭގެ ޓޫރިޒަމް ސިނާޢަތް އިތުރަށް ތަރައްޤީކޮށް، ފަތުރުވެރިންނަށް ފަސޭހަކޮ ށްދިނުމަށް ޑިޖިޓަލް ހައްލުތައް ބޭނުން ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާކުރި އެވެ.

ބައްދަލުވުމުގައި ނިޔާޒް ވަނީ މިނިސްޓަރާ އެކު ބޭއްވުނު ބައްދަލުވުމަކީ، ގައުމީ ފެންވަރުގައި ކުރެވޭ މަސައްކަތްތަކަށް އުރީދޫގެ އެހީތެރިކަން ފޯރުކޮ ށްދިނުމަށް ލިބުނު މުހިންމު ފުރުސަތެއް ކަމަށް ފާހަގަ ކުރައްވައިފަ އެވެ. އަދި ތިމާވެށީގެ ދާއިރާ އާއި ޓޫރިޒަމް ދާއިރާއަށް އެހީތެރިވެ ދިނުމަށް އުރީދޫން ޝައުޤުވެރި ކަމަށް ވެސް ވިދާޅުވި އެވެ.

Ads by HDC