އެސްޓީއޯ އިން ތެރެކުރާނެ 23 ބާވަތެއްގެ ލިސްޓެއް

އަސާސީ ކޯބާތަކެތީގެ ގޮތުގައި އެސްޓީއޯއިން އެތެރެ ކުރާނެ ބާވަތްތަކުގެ ލިސްޓެއް އިކޮނޮމިކް މިނިސްޓްރީ އިން އާންމުކޮށްފި އެވެ. ނެރެފި އެވެ.
އިއްޔެ ނެރުނު ލިސްޓުގައި ހިމެނެނީ 10 ބާވަތެއްގެ މޭވާ އާއި 10 ބާވަތެއްގެ ތަރުކާރީ އާއި އެހެނިހެން ތިން ބާވަތެކެވެ. މިނިސްޓްރީން ބުނީ ލިސްޓުގައި ހިމެނޭ ކާބޯތަކެތި އެސްޓީ އޯއިން ހޯލްސޭލްކޮށާއި ރީޓެއިލްކޮށް ވެސް ވިއްކާނެ ކަމަށެވެ.
ލިސްޓްގައި ހިމެނޭ މޭވާ:
ދޮންކެޔޮ، އާފަލު، އޮރެންޖް، ލުނބޯ، ޕެޝަން ފްރުޓް، މޭބިސްކަަދުރު، ކަރާ، އަނބު، ފަޅޯ
ލިސްޓްގައި ހިމެނޭ ތަރުކާރީ:
* ފިޔާ (ރަތް)، އިނގުރު، ކެރެޓް، ލޮނުމެދު، އަލުވި، ކައްޓަލަ، ބަށި، ބޯވެލި (ސްޕިނިޗް)، ބަރަބޯ، ކެބެޖް، މިރުސް
އެހެނިހެން ބާވަތްތަކަކީ މުގު (ރީނދޫ)، ކުކުޅު ބިސް އަދި ކާއްޓެވެ.
އެސްޓީއޯ މެދުވެރިކޮށް ސަރުކާރުން މޭވާ އާއި ތަރުކާރީ ގެންނަން ނިންމީ ބާޒާތަކުގައި ތަކެތީގެ އަގު މި ފަހުން ވަރަށް ބޮޑަށް އުފުލުމާ ގުޅިގެންނެވެ.
އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެފައި އަންނަ މަހުން ފެށިގެން ކާބޯތަކެތީގެ އަގު ދަށްވާނެ ކަމަށެވެ.
