އދ ގެ އުސޫލުތަކާ ޚިލާފަށް ޗައިނާއިން ފޯރުވާ ސިޔާސީ ނުފޫޒު: ބައިނަލްއަޤްވާމީ ޖަމްޢިއްޔާގައި ބައިވެރިވުމަށް ޓައިވާނުން ގޮވާލައިފި
ޓައިވާނުގެ ފޮރިން މިނިސްޓަރ ލިން ޗިއާ-ލަންގ ވަނީ އެޤައުމުގެ މުހިންމު ދައުރަށް އަލިއަޅުވާލައި، އދ އިން ޓައިވާނަށް ދޮރު ހުޅުވާލުމަށް ގޮވާލައިފައެވެ. މިގޮތުން އޭނާ ފާހަގަކޮށްފައިވަނީ ފުދުންތެރިކަން އިތުރުކުރުމާއި، ޑިމޮކްރެޓިކް އަގުތައް ހިމާޔަތްކުރުމާއި، އަދި އޮޓޯކްރެޓިކް ނުފޫޒު ހުއްޓުވުމުގައި ޓައިވާނުގެ ދައުރުގެ މުހިންމުކަމެވެ.ޓައިޕޭ ޓައިމްސް އިން ހުކުރު ދުވަހު ރިޕޯޓުކުރި ގޮތުގައި، މި ޚިޔާލު ފާޅުކުރެއްވީ ޔޫއެސްގެ ނޫސް ކަމުގައިވާ ބޭންގޯ ޑެއިލީ ނިއުސްގައި ބުދަ ދުވަހު ޝާއިޢުކުރި "ޓައިވާން އދ ގައި ހިމެނެންޖެހޭ" މި ސުރުޚީގެ ދަށުން ލިޔުއްވި މަޒުމޫނެއްގައެވެ.އދ ގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، "އެއްވެސް މީހަކު ފަހަތަށް ނުދޫކޮށްލުމުގެ" އދ ގެ ވަޢުދު ފުއްދުމަށްޓަކައި، ޓައިވާނުގެ ޙައްޤުވެރި ދައުރު ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ލިން ވަނީ ގޮވާލައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑޯ-ޕެސިފިކް އަދި މުޅި ދުނިޔެއަށް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް އދ ގައި ބައިވެރިވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.ޓައިވާނަކީ ދުނިޔޭގެ 21 ވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮތް ޤައުމެވެ. އަދި ސެމިކޮންޑަކްޓަރ ޞިނާޢަތުގައި ދުނިޔޭގެ 60 އިންސައްތައަށްވުރެ ގިނަ އުފެއްދުންތައް އުފައްދާ ޤައުމެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް އަދި މޮޑަން ޓެކްނޮލޮޖީއަށް ބޭނުންވާ އެންމެ ފުންނާބު އުސް ސެމިކޮންޑަކްޓަރުގެ 90 އިންސައްތަ އުފައްދަނީވެސް ޓައިވާނުންނެވެ.ލިން ވަނީ ޗައިނާގެ "އެއް ޗައިނާ" ސިޔާސަތު ތަންފީޒުކުރުމަށް އދ ގެ ޤަރާރު 2758 ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް ފާޑުކިޔައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޤަރާރުގައި ޓައިވާނުގެ ސިޔާދަތާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނެތެވެ. އަދި ޗައިނާއަށް ޓައިވާން ތަމްސީލުކުރުމުގެ ޙައްޤުވެސް ނުދެއެވެ. ނަމަވެސް ބެއިޖިންގގެ ސިޔާސީ ނުފޫޒުގެ ސަބަބުން ޓައިވާނަށް އދ ގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.ޖީ7 ސަމިޓުގައި ބައިވެރިވި ޤައުމުތަކުންނާއި އެހެނިހެން ސަރުކާރުތަކުން ވަނީ ޓައިވާން ސްޓްރެއިޓްގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ޤަރާރު 2758 އަކީ ޓައިވާނުގެ ސްޓޭޓަސް ކަނޑައަޅާ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ބައިވެރިވުން މަނާކުރާ އެއްޗެއް ނޫންކަން ކަށަވަރުކޮށްދީފައިވެއެވެ.
ޓައިޕޭ ޓައިމްސް އިން ހުކުރު ދުވަހު ރިޕޯޓުކުރި ގޮތުގައި، މި ޚިޔާލު ފާޅުކުރެއްވީ ޔޫއެސްގެ ނޫސް ކަމުގައިވާ ބޭންގޯ ޑެއިލީ ނިއުސްގައި ބުދަ ދުވަހު ޝާއިޢުކުރި "ޓައިވާން އދ ގައި ހިމެނެންޖެހޭ" މި ސުރުޚީގެ ދަށުން ލިޔުއްވި މަޒުމޫނެއްގައެވެ.
އދ ގެ 80 ވަނަ އަހަރީ ދުވަސް ފާހަގަކުރަމުންދާއިރު، "އެއްވެސް މީހަކު ފަހަތަށް ނުދޫކޮށްލުމުގެ" އދ ގެ ވަޢުދު ފުއްދުމަށްޓަކައި، ޓައިވާނުގެ ޙައްޤުވެރި ދައުރު ބަލައިގަތުމަށް ބައިނަލްއަޤްވާމީ މުޖުތަމަޢުއަށް ލިން ވަނީ ގޮވާލައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި އިންޑޯ-ޕެސިފިކް އަދި މުޅި ދުނިޔެއަށް އުޖާލާ މުސްތަޤުބަލެއް ބިނާކުރުމަށް އދ ގައި ބައިވެރިވުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.
ޓައިވާނަކީ ދުނިޔޭގެ 21 ވަނައަށް އެންމެ ބޮޑު އިޤްތިޞާދު އޮތް ޤައުމެވެ. އަދި ސެމިކޮންޑަކްޓަރ ޞިނާޢަތުގައި ދުނިޔޭގެ 60 އިންސައްތައަށްވުރެ ގިނަ އުފެއްދުންތައް އުފައްދާ ޤައުމެވެ. މީގެ އިތުރުން އާޓިފިޝަލް އިންޓެލިޖެންސް އަދި މޮޑަން ޓެކްނޮލޮޖީއަށް ބޭނުންވާ އެންމެ ފުންނާބު އުސް ސެމިކޮންޑަކްޓަރުގެ 90 އިންސައްތަ އުފައްދަނީވެސް ޓައިވާނުންނެވެ.
ލިން ވަނީ ޗައިނާގެ "އެއް ޗައިނާ" ސިޔާސަތު ތަންފީޒުކުރުމަށް އދ ގެ ޤަރާރު 2758 ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް ފާޑުކިޔައިފައެވެ. އޭނާ ވިދާޅުވި ގޮތުގައި މި ޤަރާރުގައި ޓައިވާނުގެ ސިޔާދަތާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ނެތެވެ. އަދި ޗައިނާއަށް ޓައިވާން ތަމްސީލުކުރުމުގެ ޙައްޤުވެސް ނުދެއެވެ. ނަމަވެސް ބެއިޖިންގގެ ސިޔާސީ ނުފޫޒުގެ ސަބަބުން ޓައިވާނަށް އދ ގައި ބައިވެރިވުމުގެ ފުރުޞަތު ގެއްލިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޖީ7 ސަމިޓުގައި ބައިވެރިވި ޤައުމުތަކުންނާއި އެހެނިހެން ސަރުކާރުތަކުން ވަނީ ޓައިވާން ސްޓްރެއިޓްގެ ސަލާމަތާއި ރައްކާތެރިކަމުގެ މުހިންމުކަން ފާހަގަކޮށްފައެވެ. އަދި ޤަރާރު 2758 އަކީ ޓައިވާނުގެ ސްޓޭޓަސް ކަނޑައަޅާ ނުވަތަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކުގައި ބައިވެރިވުން މަނާކުރާ އެއްޗެއް ނޫންކަން ކަށަވަރުކޮށްދީފައިވެއެވެ.